ދިވެހިރާއްޖެ
މި މިނިސްޓްރީ ހިންގަމުން އަންނަ ވެލާނާގެ 7 ވަނަ ފަންގިފިލާގައި މިހާރު ބޭނުންކުރަމުންދާ އެއަރ ކޮންޑިޝަންތަކުގެ ބަދަލުގައި އައު އެއަރ ކޮންޑިޝަން އަމިލައްލަ ތަކެތީގައި ގަނެ ހަރުކޮންދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރ (IUL)30-P1/30/2025/118އިއުލާނާއި ގުޅިގެން މައުލޫމާތު ކަރުދާސްގައި ބީލަން އިވެލުއޭޓް ކުރުމަށް ބޭނުން ކުރާނެ މިންގަނޑު ބަދަލުގެނެވިފައިވާތީ، ބަދަލު ގެނެވިފައިވާ މައުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެންދެއްވުން އެދެމެވެ.
| 
 
  | 
 ތާރީޚް އަދި ގަޑި  | 
 ތަން  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 09 ޖުލައި 2025 ވާ ބުދަ ދުވަހުގެ 12:00 އަށް  | 
 މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް (ވެލާނާގެ 2 ވަނަ ފަންގިފިލާ)  | 
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3322625، 3339251 އަދި 3339239 ނަންބަރު ފޯނަށެވެ.
