މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމާއި ގުޅޭ

                    މި އިދާރާގެ ނަންބަރު (IUL)301-PJ/301/2023/46  22 އޮގަސްޓް 2023  އިޢުލާނަށް އިޖާބަދީ މިރަށުން  ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގޯތި ލިބޭ ތަނުގެ ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ 2025 ޖުލައި 10 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި މާނާބާރުނަ މާލަމްގައެވެ. ގުރުއަތު ނެގުމަށް ގުރުއަތަށްދިޔަ ފަރާތަށް ހާޟިރުނުވެވޭނަމަ ބަދަލުގައި ފޮނުވާ ފަރާތަކީ ބަދަލުގައި އައި ފަރާތެއްކަން އިނގޭނެ ލިޔުމެއް ގުރުއަތަށް ދިޔަ ފަރާތުގެ އައިޑީކާޑު ކޮޕީއާއިއެކު ގެންނަންވާނެއެވެ. އަދި ހާޟިރުވާ ފަރާތުގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ.

                   އަދި ދަންނަވަމެވެ. ގުރުއަތު ނަގާނީ ފޯމު ހުށަހަޅާފައިވާ ތަރުތީބުންނެވެ. އަދި ގުރުއަތަށްދިޔަ ފަރާތުގެ ބަދަލުގައި އެއްވެސް ފަރާތެއް ކަނޑައެޅިފައިވާ ވަގުތުގައި ހާޟިރުނުވާނަމަ ކައުންސިލުން ކަނޑައަޅާފައިވާ ފަރާތެއްލައްވާ އެބޭފުޅެއްގެ ގުރުއަތު ނެގޭނެއެވެ. ޖާގަ އޮތްމިންވަރަކުން ގުރުއަތު ނެގުމަށް ކަނޑައެޅިފައިވާ ތަނަށް އާއްމުންނަށް ވަނުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

                   ވީމާ ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.              

08 ޖުލައި 2025
ހޯދާ