އެންޓިކޮރަޕްޝަން ކޮމިޝަން
މާލެ،
ދިވެހިރާއްޖެ
|
|
ވަޒީފާގެ ފުރުޞަތު
|
ތާރީޚް:
|
13 މުޙައްރަމް 1447
08 ޖުލައި 2025
|
ނަންބަރު:
|
(IUL)123-HR/123/2025/42
|
މަޤާމް:
|
ހެޑް އޮފް އެކަޑެމިކް
|
ކްލެސިފިކޭޝަން:
|
ހެޑް އޮފް އެކަޑެމިކް
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
މަސައްކަތް ކުރަންޖެހޭ ތަން:
|
އެންޓި-ކޮރަޕްޝަން ކޮމިޝަން / މާލެ
|
މުސާރަ:
|
-/17000 (ސަތާރަ ހާސް ރުފިޔާ)
|
ޑެއިލީ އެލަވަންސް:
|
368/- (ތިންސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ)
|
އޯވަރޓައިމް އެލަވަންސް:
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ބޭނުންވާ ޢަދަދު
|
01 (އެކެއް)
|
މަޤާމުގެ ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 09 ގެ ސަނަދެއް ޙާޞިލްކޮށްފައި އޮތުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. އަދި، އެމުއްދަތުގެ ތެރެއިން މަދުވެގެން 3 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 07 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން. އަދި، އެމުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
- އުމުރުން 55 އަހަރު ވެފައިނުވުން.
- ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީއިން ވަކިވުން)
|
މަޤާމާއި ގުޅޭ ދާއިރާތައް:
- އެޑިއުކޭޝަން
- އެޑިއުކޭޝަނަލް މެނޭޖްމަންޓް
- މެނޭޖްމަންޓް
- އެޑިއުކޭޝަނަލް ލީޑަރޝިޕް
- އެޑްމިނިސްޓްރޭޝަން
- ޓީޗިންގ
- ރިސަރޗް
- ކަރިކިއުލަމް ޑިވެލޮޕްމަންޓް
- ސޯޝަލް ސައިންސް
- އެންޓި-ކޮރަޕްޝަން ސްޓަޑީސް
- ގަވަނެންސް
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- މެނޭޖްމަންޓް
- ލީޑަރޝިޕް
- އެޑިޔުކޭޝަން
- އެޑްމިނިސްޓްރޭޝަން
- ރިސާރޗް
- ޓީޗިންގ
- ސޯޝަލް ސައިންސް
- އެންޓި-ކޮރަޕްޝަން ސްޓަޑީސް
- ގަވަނެންސް
|
މައިގަނޑު މަސައްކަތް:
|
- އެކަޑަމީގެ މަޤުސަދުތައް ހާސިލްކުރެވޭނެ ގޮތަށް ޢިލްމީ ތަޞައްވުރާއި ސިޔާސަތުތަކާއި އުސޫލްތައް ކަނޑައަޅާ ތަންފީޒުކުރުން.
- އެކަޑަމީގެ ކޯސްތަކަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށްފެތޭ، އެކްރެޑިޓޭޝަން ޝަރުޠުތަކާ އެއްގޮތްވާގޮތައް އެކުލަވައިލެވި ހިންގެމުންދާ ކޯސްތަކެއްކަން ކަށަވަރުކުރުން.
- ކިޔަވައިދިނުމާއި އުނގެނުމާ ގުޅޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުމާއި އައު ގޮތްތަކަށް ޚިޔާލުދީ ހިއްވަރުދިނުން.
- އެކަޑަމީގެ ޕްރޮގްރާމްތައް ފަރުމާކުރުމާއި، ކޯސްތަކުގެ ކަރިކިއުލަމްތައް ރިވިއުކޮށް އިވެލުއޭޓްކުރުމާއި، ގެންނަންޖެހޭ ބަދަލުތައް ގެނައުން.
- އެކެޑަމީގެ މެންޑޭޓްގައި ފާހަގަކޮށްފައިވާ ދާއިރާތަކުން މީހުން ބިނާކުރުމަށް އުފައްދަންޖެހެ ކޯސްތައް ދެނެގަނެ އެމަސައްކަތްތައް ރާވައި ހިންގުން.
- ދަރިވަރުންނަށާއި ލެކްޗަރާއރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމްތައް ހިންގުމާއި، ޢިލްމީ ޕްރޮގްރާމްތައް ހިންގުމާއި، އެކެޑަމިކް ގޮތުން ދޭންޖެހޭ އެހީތެރިކަން ދިނުމާއި،ދަރިވަރުންނަށް ދިމާވާ ޙާދިސާތަކާއި ކާރިސާތަކުގައި ދަރިވަރުގެ ހާލަތު ދެނެގަނެ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ ޤަވައިދުތަކާއި އަދި އެކްރެޑިޓޭޝަން މިންގަނޑުތަކަށް ފެތޭކަން ކަށަވަރުކުރުން.
- އެކަޑެމީއަށް ދަރިވަރުން ހޯދުމަށްކުރެވޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ އެންމެހާ ޙަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.
- އެކަޑެމީގައި ކިޔަވަމުން ގެންދާ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަޒީފާދޭ ފަރާތްތަކާއި ދަރިވަރުންނާއި ގުޅުވައިދީ، ވަޒީފާ ހޯދަން ބޭނުންވާ ދަރިވަރުންނަށް މަގު ދައްކައިދިނުން.
- ދަރިވަރުންނާ ގުޅޭގޮތުން ހެދޭ ގަވާއިދުތަކާއި އުޞޫލުތައް އެކުލަވާލުމުގައި ބައިވެރިވެ، ދިމާވާ ކަންކަމާ ގުޅިގެން އައު ގަވާއިދުތަކާއި އުޞޫލުތައް އެކުލަވާލަންޖެހޭ ކަމަށް ފެންނަ ހިނދު، އެފަދަ ގާއިދުތަކާއި އުޞޫލުތައް އެކުލަވާލުމުގައި އިސްނަގައިގެން މަސައްކަތް ކުރުން.
- ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ގޮތުން ކުރެވުނު މައިގަނޑު މަސައްކަތްތަކާއި ހިންގުން ހަރުދަނާކޮށް ތަރައްޤީ ކުރުމަށް އެޅުނު ފިޔަވަޅުތަކާ ބެހޭ ގޮތުން ރިޕޯޓްތައް އެކުލަވާލައި ހުށަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން
- ދަރިވަރުންގެ ޚިދުމަތްތަކުގެ ތަފާސްހިސާބުތައް އެކުލަވާލައި، ޑިސެންބަރު މަސް ނިމުމުގެ ކުރިން ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން.
- ޕްރޮގުރާމްތަކުގެ އެސެސްމަންޓް ރިވިއުކުރުމާއި ތައްޔާރުކުރުން އަދި އެސެސްކުރުމާއި އިންވިޖިލޭޓްކުރުން.
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު
|
- ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިން ސައްތަ %20)
- މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އެޅިފައިވާ އިން ސައްތަ )
- ޕްރެޒެންޓޭޝަން / ޕްރެކްޓިކަލްސް ( ކަނޑަ އެޅިފައިވާ އިންސައްތަ %20 )
- އިންޓަވިއު ( ކަނޑަ އެޅިފައިވާ އިންސައްތަ %50 )
|
އެޕްލިކޭޝަން ސުންގަޑި:
|
15 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.
|
ވަޒީފާއަށް އެދި ހުށަހަހަޅަންޖެހޭ ތަކެތި
|
- ފުރިހަމަކޮށްފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).
- މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހެޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
- ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. ( މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ )
|
އިތުރު މަޢުލޫމާތު
|
- ކޮމިޝަންގެ ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިއުންތައް ހުށަހަޅާނީ މ. ފިނިފަރުގެ ހަތްވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދޭފޯމާއި ލިއުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް ފޯމު ލިބުނު ކަމުގެ ތަރުތީބު ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ތަރުތީބު ނަންބަރު ޖަހާފައިވާ ސްލިޕް އީމެއިލް ކުރެވޭނެއެވެ.
- އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާޔަށް ބަލާ ވަޒީފަޔަށް ކުރިމަތިލީ ފަރާތްތަކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.
- މިވަޒީފާއަށް މީހަކު ނެގުމުގައި ޢަމަލުކުރެވޭނީ ކޮމިޝަންގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާ އެއްގޮތަށެވެ. މި އުސޫލު ކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢު ކުރެވިފައިވާނެއެވެ.
- މި ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަމުގައި ވީނަމަވެސް، މި ވަޒީފާއަށް ހޮވޭ ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ޕްރޮބޭޝަންގެ 3 (ތިނެއް) މަސްދުވަސްގެ މުއްދަތެއް ދެވޭނެއެވެ. އަދި ޕްރޮބޭޝަން މުއްދަތު ހަމަވުމުން އެ މުއްދަތު ހިމެނޭ ގޮތުން 01 (އެކެއް) އަހަރު ދުވަހުގެ ވަގުތީ އެއްބަސްވުމެއްގައި ކޮމިޝަނާއި ވަޒީފާއަށް ހޮވޭ ފަރާތާ ދެމެދު ސޮއިކުރެވޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ވަޒީފާއަށް ހޮވުނު ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްކަމުގައި ނުވާނަމަ، ވަގުތީ އެއްބަސްވުން ބާޠިލުކުރެވޭނެއެވެ.
- ދައުލަތަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފަކު، ކޮމިޝަންގެ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ގިނަވެގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ ދީފައިވާ ފަރާތުން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯނު ނަންބަރު: 3015217 / 3015265
އީމެއިލް: [email protected]
|
|
|
|
|
|