ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަނަވާރާއި ދޫނިސޫފާސޫފި ގެންގުޅުމަށް ބީލަން ޢުޞޫލުން ބިން ދޫކުރުމާއި ގުޅޭ

ކޮޅުމަޑުލު އޮމަދޫ ހުޅަނގު ދެކުނު ސަރަޙައްދުން ޖަނަވާރާއި ދޫނިސޫފާސޫފި ގެންގުޅުމަށް ބީލަން އުޞޫލުން ދިގު މުއްދަތައް ބިން ދޫކުރުމަށް ވަނީހަމަޖެހިފައެވެ. ބިން ދޫކުރުމަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަގަކީ އަކަ ފޫޓަކަށް 0.05ރ (ފަސް ލާރީ) އެވެ. ބީލަމުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

  • ބިން އޮތް ތަން: ކޮޅުމަޑުލު އޮމަދޫ އަޙްމަދު ޢަބްދުﷲ ހިނގުމުގެ ދެކުނުކޮޅުން މަސްކައްކާ ހިއްކުމަށް ބީލަމުން ދޫކޮށްފައިވާ ބިންތަކާއި ސްޕޯރޓްސް އެރީނާގެ ދެކުނުން އަލަށް ހަދާފައިވާ މަގާ ދެމެދުން މަގުގެ އަރިން ފެށިގެން ހުޅަނގަށް (ޕްލޮޓް ނަމްބަރ: 01 އިން 04 އަށް)
  • ބިމުގެ ބޮޑުމިން: 2000 އަކަފޫޓް
  • ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ޢަދަދު: 04
  • ބިން ކުއްޔަށް ދޫކުރެވޭ މުއްދަތު:    15 އަހަރު
  • ގްރޭސް ޕީރިއަޑް: 06 މަސް ދުވަސް

                ވީމާ، ބިން ކުއްޔައް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 ޖުލައި 2025 ވާ އާދީއްތަ ދުވަހު 10:30 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

                ކަމާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހަޅުއްވަންވީ ތާރީޚާއި ގަޑި ތިރީގައި އެވަނީ އެވެ.

ބައްދަލުވުން

ތާރީޙް

ގަޑި

ބީލަމާބެހޭ މަޢުލޫމާތު ދިނުން

21 ޖުލައި 2025 (ހޯމަ)

10:30

އަންދާސީ ހިސާބު ހުށަހެޅުން

24 ޖުލައި 2025 (ބުރާސްފަތި)

10:30

               

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަމްބަރު 6780039 އާއި ގުޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯމާއި، ބީލަމުން ދޫކުރާ ބިމަށް އެދޭ ފޯމާއި، ބީލަމުން ދޫކުރާ ބިންތަކާއި ބެހޭ އުޞޫލާއި، ބީލަން ފޮތް އަދި ބިންދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ޗާޓް މި އިޢުލާނާއިއެކު އެވަނީއެވެ.

08 ޖުލައި 2025
ހޯދާ