އިސްދޫ ކަލައިދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަލައިދޫ ސްކޫލް ދަރިވަރުންގެ ފާހާނަ މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު (GS187/IUL/2025/003) އިއުލާންއާއި ގުޅިގެން އެއްވެސް ފަރާތަކުން މި ބީލަމަށް ރަޖިސްޓްރީ ވެފައި ނުވާތީވެ، އަލުން ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި ސްކޫލުންދޭ ނާމޫނާއާ އެއްގޮތަށް ސްކޫލުދަރިވަރުންގެ ފާހާނަ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 ޖުލައި 08 އިން 2025 ޖުލައި 14 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭ ފޯމު ފުރުމަށްފަހު ސްކޫލު އޮފީހަށް ހުށަހެޅުމަށް ދަންނަވަމެވެ.
- މި މަސައްކަތާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވެލައްވާނަމަ 15 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
- މިކަމާބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 މެއި 15 ވާ އަންގާރަ ދުވަހު ހެދުނު 11:45 ގައި މިސްކޫލުގެ އިދާރީ އޮފީހުގައެވެ.
- ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަމަށް ރެޖިސްޓަރކޮށް މަޢުލާމާތު ސާފުކުރަން އައިސްފައިވާ ފަރާތްތަކަށް އެކަނިއެވެ.
- ބިޑް ހުޅުވުން އޮންނާނީ 2025 ޖުލައި 23 ވާ ބުދަ ދުވަހުގެ 11:45ގައި މިސްކޫލުގެ އިދާރީ އޮފީހުގައެވެ.
- މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ކޮޓޭޝަން ހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށައަޅުއްވަންވާނެއެވެ.
- ބީލަމުގައި ރަޖިސްޓްރީ ވުމަށްއެދޭ މި ޢިއުލާނާއެކު އެޓޭޗުކުރެވި އަދި ރަސްމީ ގަޑީގައި ސްކޫލު އޮފީހުން ލިބެން ހުންނާނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ފޮނުވާނީ [email protected] މެއިލްއަށެވެ.
ކަލައިދޫ ސްކޫލް
ފޯން: 6800743
އީ-މެއިލް: [email protected]
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
08 ޖުލައި 2025
ހޯދާ