މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ - ޑާޓާ ބޭސް އަޕްޑޭޓްކުރުން

 

ނަންބަރ: MOC/IUL/2025/140

 

އިޢުލާން

           މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ތިރީގައި ފާހަގަ ކުރެވިފައިވާ ދާއިރާތަކުގެ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށްވަނީ ނިންމަފައިއެވެ.

  • މެޑިކަލް އޮފިޝަލުން،
  • މީޑިއާ އޮފިޝަލުން،
  • ސްޕޯޓް އެޑްމިނިސްޓްރޭޓަރުން، އަދި
  • މިކޮމިޓީގެ ފަރާތުން އެކިއެކި ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ ފަރާތްތަށް

މި ދަފްތަރުގައި ރަޖިސްޓްރީވާ ފަރާތްތަކަށް، މިކޮމިޓީ ފަރާތުން ހިންގާ ހަރަކާތްތަކުގަ އާއި ވޮލިންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށާއި އަދި މިކޮމިޓީއިން ހުޅުވާލާ ފުރުޞަތުތަކުގައި ބައިވެރިވުމަށް މި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

މެޑިކަލް އޮފިޝަލުންގެ ދަފްތަރެއް އެކުލަވާލުމަށް މަޢުލުމާތު ހޯދުމަށް

ތިރީގައިވާ ޝަރުތުތައް ފުރިހަމަ ވާންވާނެ

  • ·         މެޑިކަލް އޮފިޝަލުންގެ ގޮތުގައި ރަޖިސްޓްރީވާ ފަރާތްތަކަކީ، "އެލައިޑް ހެލްތް ޕްރޮފެޝަނަލް ކައުންސިލް" ނުވަތަ "މޯލްޑިވްސް މެޑިކަލް އަދި ޑެންޓަލް ކައުންސިލް" ގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއްކަމުގައިވުން.
  • ·         ދިވެހި ރައްޔިތެއް ކަމުގައިވުން

 

މީޑިއާ އޮފިޝަލުންގެ ދަފްތަރެއް އެކުލަވާލުމަށް މަޢުލުމާތު ހޯދުމަށް

ތިރީގައިވާ ޝަރުތުތައް ފުރިހަމަ ވާންވާނެ

  • ·         މީޑިއާ އޮފިޝަލުންގެ ގޮތުގައި ރަޖިސްޓްރީވުމަށް، "މޯލްޑިވްސް މީޑިއާ ކައުންސިލް" ގައި ރަޖިސްޓްރީވެފައިވާ މީޑިއާއެއްގައި މަސައްކަތްކުރާ ފަރާތެއްކަމުގައިވުން.
  • ·         އަދި ވަޒީފާ އަދާ ކުރާ ކުންފުނީގައި ވަޒީފާ އަދާ ކުރާކަމުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ (ޑިޕާޓްމަންޓް، މަޤާމް، އަދި މުއްދަތު އެނގޭގޮތައް)

 

ސްޕޯރޓް އެޑްމިނިސްޓްރޭޓަރސްގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް

ތިރީގައިވާ ޝަރުތުތައް ފުރިހަމަ ވާންވާނެ

  • ކުޅިވަރުގެ ދާއިރާއިން ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތައް (މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން އެކްރެޑިޓް ކުރެވިފައިވާ ސެޓްފިކެޓްގެ ކޮޕީ)
  • މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ފަރާތުން ތިރީގައި މިދަންނަވާ ކޯސްތައް ފުރިހަމަކޮށްފައިވާ ފަރާތްތައް

-          "ނޭޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަންސް" (މެލޭޝިއާ ނުވަތަ ސްރީލަންކާ)

-          "އިންޓަރނޭޝަނަލް އޮލިމްޕިކް އެކަޑަމީ މާސްޓަރސް" (ގްރީސް)

-          "އިންޓަރނޭޝަނަލް ސެޝަން ފޯ ޔަންގ އޮލިމްޕިކް އެމްބެސަޑަރސް" (ގްރީސް)

-          "ޑްރީމް ޓުގެދަރ މާސްޓަރ ޕްރޮގްރާމް" (ކޮރެއާ)

-          "މާސްޓަރ އޮފް ސްޕޯޓް އެޑްމިނިސްޓްރޭޝަން" (ރަޝިއާ)

-          "މާސްޓަރ އިން ސްޕޯޓްސް އެތިކްސް އެންޑް އިންޓަރގްރިޓީ"

-          "ސްޕޯޓްސް އެޑްމިނިސްޓްރޭޓަރސް ޓްރޭނިންގ އޮފް ޓްރޭނާރސް ކޯސް"

-          "ބޭސިކް ސްޕޯޓް އެޑްމިނިސްޓްރޭޓަރސް ކޯސް"

-          "އެޑްވާންސް ސްޕޯޓް މެނޭޖްމަންޓް ކޯސް"

-          "އިންޓަރނޭޝަނަލް ސެޝަން ފޯ އައި.އޯ.އޭ/އެން.އޯ.އޭ ޑެލިގޭޓްސް" (ގްރީސް)

-          "އެގްޒެކުޓިވް މާސްޓަރ އިން ސްޕޯޓް އޯގަނައިޒޭޝަން އެންޑް މެނޭޖްމަންޓް (މެމޯސް)"

 

ކޯޗުންގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް

  • އިންޓަރނޭޝަން ކޯޗިންގ އެންރިޗްމަންޓް ސެޓިފިކެޓް ޕްރޮގްރާމް (އެމެރިކާ)
  • އިންޓަރނޭޝަނަލް ކޯޗިންގ ކޯސް (ހަންގޭރީ، ޖަރުމަން)
  • އޮލިމްޕިކް ސޮލިޑާރީޓީގެ ޓެކްނިކަލް ފޯ ކޯޗަސް ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތައް (ވަކިވަކި ޖަމްއިއްޔާތަކުގެ)

ދަފްތަރުގައި ރަޖިސްޓްރީވުމަށް، މި އިއުލާނާއިއެކުވާ ފޯރމް ފުރިހަމަކުރެއްވުމަށްފަހު 30 ޖުލައި 2025 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދެއްވުމަށް މިކޮމިޓީގެ ފޯން ނަންބަރ 3346640 އަށް ގުޅުއްވުން އެދެމެވެ. އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު :0009 އިން 15:00 އަށެވެ.

 

8 ޖުލައި 2025

08 ޖުލައި 2025
ހޯދާ