ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޖަޕަނީސް ލޭންގުއޭޖް އެލެމެންޓްރީ 1 ކޯހަށް އިޢުލާންކުރުން

އިޢުލާން

 

ޖަޕާން ފައުންޑޭޝަންގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޖަޕަނީސް ލޭންގުއޭޖް އެލެމެންޓްރީ 1" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 3 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުން 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށެވެ. މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައިގަންނަވާނެއެވެ. 

ފެކަލްޓީ އޮފް އާޓްސް

ޖަޕަނީސް ލޭންގުއޭޖް އެލެމެންޓަރީ 1

 

:ކޯސް ފެށޭ ތާރީޚު 

 25 އޮގަސްޓް 2025

:ކޯހުގައި ކިޔަވައިދޭނެ ދުވަސްތަކާއި ވަޤުތުތައް 

 ހޯމަ އަދި ބުދަ ދުވަހުގެ ހަވީރު 18:30 އިން 20:30 އަށް

:ޖާގައިގެ ޢަދަދު 

 30

:ކޯހަށް ވަނުމުގެ ޝަރުތު 

 ޖަޕާނު ބަހުގެ ބޭސިކް ކޯހެއް ނިންމާފައި ވުން ނުވަތަ އެއާ އެއް ފެންވަރު ހުރުން (ޝަރުތު ހަމަވާކަމުގެ ހެކި/ލިޔެކިޔުން ހުށަހަޅަންޖެހޭނެ)

:ކޯސް ހިންގޭނެ ގޮތް 

 ބްލެންޑެޑް ކޮށް : 6 ވަނަ ހަފްތާ (29 ސެޕްޓެންބަރު އަދި 1 އޮކްޓޫބަރު) އަދި 11 ވަނަ ހަފްތާ (10 އަދި 12 ނޮވެންބަރު) ގައި ކްލާސްތަކަށް ހާޒިރު ވެގެން. އަނެއް 13 ހަފްތާގައި އޮންލައިން ކޮށް

:ކޯހުގެ މުއްދަތު 

 15 ހަފުތާ

:އުމުރުފުރާ 

 12 އަހަރުން މަތި

:ކޯސް ފީ 

 -/900

 

ކޯހަށް އެޕްލައި ކުރުމަށް މި ލިންކަށް ފިއްތާލައްވާ:

Application Form - Japanese Language Elementary 1

 

13 މުޙައްރަމް 1447

08 ޖުލައި 2025
ހޯދާ