ދިވެހިރާއްޖެ
އިޢުލާން:
އދ.ދަނގެތީ ވަށައިގެންވާ ހުސްބިމުން ވިޔަފާރި ސަޕޯޓިންގ ބޭނުންމަށް ބިން ދޫކުރުން:
ކުރިން ކޮށްފައިވާ މި އިދާރާގެ ނަމްބަރ (IUL)352/352/2025/40 އިޢުލާނު ބާޠިލުކޮށް، "އދ.ދަނގެތީ ވަށައިގެންވާ ހުސްބިންތައް ބޭނުންކުރުމާއި ކުއްޔަށްދިނުމާއި ގުޅޭ އުޞޫލު" ގެ ދެ ވަނަ ބާބުގެ ދަށުން ވިޔަފާރި ސަޕޯޓިންގ ބޭނުމަށް އދ.ދަނގެތީ ވަށައިގެންވާ ހުސްބިމުން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު މިވަނީ އަލުން ހުޅުވާލެވިފައެވެ.
ވުމާއެކު، މި އިޢުލާނާއިއެކު ޢާންމު ކޮށްފައިވާ ބިޑް ފޮތުގައިވާ މަޢުލޫމާތާއި އެއްގޮތަށް ބިން ކުއްޔަށް ނަގަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައިމި އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވެ ބިޑް ހުށަހެޅުމަށް ދަންނަވަމަވެ.
މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަށްވަން ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6680888 އާއި ގުޅުއްވުން އެދެމެވެ.
ވިމާ، މިކަން ޢާންމުކޮށް އެންގުމަޓަކައި އިޢުލާން ކުރީމެވެ.
13 މުޙައްރަމް 1447ހ
08 ޖުލައި 2025މ