ދިވެހިރާއްޖެ
ރ.އަތޮޅު ޤުރުޢާން މުބާރާތުގައި ބައިވެރިވުމަށް، ދުވާފަރުގެ ބައިވެރިން ހޮވުމަށް ދުވާފަރުގައި ބާއްވާ އޮޑިޝަނުންހޮވޭ ބައިވެރިންނަށް ޤުރްޢާން އުނގަންނައިދީ ތަމްރީނުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިކަމަށް ކުރިމަތިލެއްވޭނީ ދަށްވެގެން ޤާރީލެވެލް (3) ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށެވެ. މިކަމަކީ އުނގަންނައިދިނުމުގެ އިތުރަށް، މުބާރާތަށް ބައިވެރިން ތައްޔާރު ކުރުން ކަމަށްވާތީ މިފަދަ ކަންކަމުގެ ތަޖުރިބާހުރި ފަރާތަކަށްވުމަކީ މުހިއްމު ކަމެކެވެ. ޤުރްއާން ކިޔަވައިދީ ފަރިތަކޮށްދޭނެ ފަރާތެއް ހޮވުމުގައި ލިބިފައިވަ ތަޖުރިބާއަށާއި މިރޮނގުން އެންމެމަތީ ސެޓްފިކެޓެއް ހާސިލްކޮށްފައިވާ ފަރާތަކަށް އިސްކަން ދެވޭނެއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމާއިއެކު ތަޢުލީމީ ސެޓްފިކެޓާއި ދރއ.ކާރޑްގެ ސާފު ކޮޕީއަކާއި ތަޖުރިބާ ލިބިލައްވާފައިވާނަމަ ތަޖުރިބާގެ ލިޔުން ހުށަހަޅުއްވަންވާނެއެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގައި އިދާރާގެ ކައުންޓަރުން ފޯމް ލިބެން ހުންނާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.