ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ފޮތް މައުރަޒެއް ބޭއްވުން

      މި އަހަރުގެ ލިޔުންތެރިންގެ ދުވަހާ ގުޅުވައިގެން ދިވެހިބަހުގެ އެކެޑަމީން ފޮތް މައުރަޒެއް ބާއްވަން ވަނީ ނިންމައިފައެވެ. މި މައުރަޒު ބާއްވަން ހަމަޖެހިފައިވަނީ ދިވެހިބަހުގެ އެކެޑަމީ ހިންގާ ސޯސަންގޭގެ ބޭރު ފެންޑާގައި، 9 ޖުލައި 2025ން 10 ޖުލައި 2025ގެ ނިޔަލަށެވެ.

      ކުރިއަށް އޮތް ތަނުގައި ދިވެހި ލިޔުންތެރިންގެ ފޮތްތައް އާންމުކުރުމަށާއި ވިއްކުމަށް މި އެކެޑަމީގެ ބޭރު ފެންޑާ، އިތުރު އަގަކާ ނުލައި، ދޫކުރާން މި އެކެޑަމީން ގަސްދުކުރަމެވެ. ވީމާ މި ފުރުސަތު ބޭނުންވާ ފަރާތްތަކުން 14 ޖުލައި 2025ގެ 14:00ގެ ކުރިން ލިޔުމަކުން އެކަން މި އޮފީހަށް އެންގެވުން އެދެމެވެ. އެކަމަށް އެދޭ ލިޔުމުގައި މިކަމުގައި ދިވެހިބަހުގެ އެކެޑަމީން މުއާމަލާތުކުރާނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު އޮންނަންވާނެއެވެ.

      މި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށްކަން އަންގަމެވެ. އަދި އެ ފަރާތްތަކަށް ފެންޑާ ދޫކުރާނީ ކަނޑައެޅޭ އުސޫލެއްގެ ތެރެއިން، ދެ ފަރާތުން މަޝްވަރާކުރުމަށް ފަހުގައި ކަން ވެސް އަންގަމެވެ.

      އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3028004، 3028005 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. އީމެއިލް :[email protected]

07 ޖުލައި 2025
ހޯދާ