ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީ ކައުންސިލްގެ ނަންބަރު (IUL)468-IMS/468/2025/82 އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ. ގެންމިސްކިތްމަގު، ހަވިއްތަމަގު އަދި ހޯދަޑު ބޯޅަދަނޑު ސަރަޙައްދުގައި ދަނޑުވެރިކަން ކުރައްވާ ފަރާތްތަކުން މަގަށް އަރާގޮތަށް ގަސް އިންދައި މަގުގެ ބައިސްކަލު ދުއްވުމަށް ޚާއްސަކުރެވިފައިވާ ސަރަހައްދުގައި ދަނގަޑު ފަދަ ތަކެތި ޖަހާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް މަގަށް އަރާގޮތަށް ގަސް އިންދުމަކީ މަގުގެ ބޭނުންކުރާ ފަރާތްތަކަށް ދަތިވުމުގެ އިތުރުން، ނުރައްކާތެރި ހާދިސާތައް ހިނގުމަށް މަގުފަހިވެދާނެކަމެކެވެ. އަދި މިމަގުތަކަކީ ރަށަށް އަރައި ފައިބާ ގިނައަދަދެއްގެ ފަރާތްތަކުން ވެސް އާންމުކޮށް ބޭނުންކުރާ މަގުތަކަށްވާއިރު، މިގޮތަށް ގަސްއިންދާފައި ހުރުމުގެ ސަބަބުން މަގުގެ ރީތިކަން ގެއްލި މަގުގެ ސާފުތާހިރުކަން ކުޑަވެގެންދާކަންވެސް ފާހަގަކޮށްލަމެވެ. އަދި ހަމަ މިއާއި އެކު ކައުންސިލުގެ ހުއްދަ ނެތި މަގަށް އަރާގޮތަށް އެއްވެސް ބާވަތެއްގެ އެއްޗެއް ޖެހުމާއި ހަރުކުރުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.
އެހެންކަމުން، މިސަރަޙައްދުގައި ދަނޑުވެރިކަން ކުރައްވާއިރު، މަގުގެ އަރިމަތިން ފެށިގެން މަދުވެގެން 3 ފޫޓުގެ ދުރުމިނެއްގައި ދަނޑުތައް ހެއްދުމަށް ދަންނަވަމެވެ. މަތީގައި ފާހަގަކޮށްފައިވަ ގޮތަށް އިންދާފައިވާ ގަސްތައް މިއަދުން ފެށިގެން 03 (ތިނެއް) ދުވަހުގެ ތެރޭގައި ނަގައި ސާފުކުރުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި ނުނަގައި ހުރި ގަސްތަކާއި މަގުގެ ބައިސްކަލު ދުއްވުމަށް ޚާއްސަކުރެވިފައިވާ ސަރަހައްދުގައި ޖަހާފައިހުރި ދަނގަޑުތައް މިކައުންސިލުން ނަގާނެ ވާހަކަ ދަންނަވަމެވެ.