ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2025 މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު

           މިއިދާރާއިން ބާއްވާ ފުޓްސަލް ޗެލެންޖް، 2025 މިއިދާރާގެ 4 ވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. މި މުބާރާތުގައި އަންހެން ޑިވިޝަން އަދި ފިރިހެން ޑިވިޝަންގެ މުބާރާތް ކުޅެވޭނެއެވެ. މުބާރާތް އޮންނާނީ 2025 އޯގަސްޓް 8 ވަނަ ދުވަހުންފެށިގެންނެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ، 2025 ޖުލައި 17 ވަނަ ދުވަހުގެ 14:00 އެވެ. ޓީމް ލިސްޓް ހުށައެޅުމުގެ ސުންގަޑިއަކީ، 2025 ޖުލައި، 24 ވަނަ ދުވަހުގެ 14:00 އެވެ. މުބާރާތުގައި ބައިވެރިވެވޭނީ، މުބާރާތުގެ ޤަވާއިދު ޤަބޫލުކޮށް މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށައެޅުމުންނެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު، މިއިދާރާގެ ފޭސްބުކް ޕޭޖުންނާއި، ވެބްސައިޓުން ލިބެންހުންނާނެއެވެ.

           މުބާރާތުގެ ޝެޑިއުލް ހަދާނީ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ޢަދަދަށް ބަލައިގެންނެވެ. އަންހެނުންގެ ޑިވިޝަން އަދި ފިރިހެނުންގެ ޑިވިޝަންގެ ކުޅުންވެސް ކުރިޔަށް ގެންދާނީ އެކީގައެވެ. މުބާރާތުގެ ވަނަތަކާއި ޢިނާމްގެ މަޢުލޫމާތު، މުބާރާތުގެ ޤަވާއިދުގައި ހިމަނާފައިވާނެއެވެ. މުބާރާތުގެ ޤަވާއިދު ވިދާޅުވެލެއްވުމަށްފަ ފޯމް ފުރުއްވާ މުބާރާތުގައި ބައިވެރިވެލެއްވުމަށް ދަންނަވަމެވެ.

ޤަވާއިދު ލިންކް: https://drive.google.com/file/d/14CCn3k5NsVSgagpPktUaJje7CfhPSxFP/view?usp=sharing

ފޯމް ލިންކް: https://forms.gle/qdcL3aHwYCBUShRT7

07 ޖުލައި 2025
ހޯދާ