ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތު ބައްދަލުވުމާއި ބެހޭ

           ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން (ޤާނޫން ނަންބަރު 2010/7) ގައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ޖުލައިމަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލެވިގެން ބޭއްވުމަށް ލާޒިމުކުރާ ބައްދަލުވުން، 13 ޖުލައި 2025 ވާ އާދިއްތަ ދުވަހު 13:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

މިބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަންތައްތައް

  • 2024 ވަނަ އަހަރު ކައުންސިލް ހިންގިގޮތުގެ ރިޕޯޓު ރައްޔިތުންނާއި ޙިއްސާކުރުން.
  • 2024 ވަނަ އަހަރު މަލީ ރިޕޯޓު ރައްޔިތުންނާއި ޙިއްސާކުރުން.

 

             ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ރަށުގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

07 ޖުލައި 2025
ހޯދާ