ދިވެހިރާއްޖެ
އިޢުލާން
ކާބޯތަކެތި ދިވެހިރާއްޖެއަށް އިމްޕޯޓު ކުރުމުގައި ކަނޑައަޅާފައިވާ ބާވަތްތަކަށް ހުށަހަޅަމުންގެންދާ ހެލްތު ސެޓްފިކެޓްތަކުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތުތައް ފުރިހަމަ ނުކޮށް މިއޮތޯރިޓީއަށް ހުށަހަޅަމުންގެންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.
ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ އެއްގަމު މަހާއި ކަނޑު މަހާއި އަދި އޭގެ އުފެއްދުންތަކަށް، ބިހާއި ބިހުގެ ބާވަތްތައް (ބިހުގެ ބާވަތްތަކުގެ ގޮތުގައި ބަލާނީ ބިހުގެ ގޮބޮޅި އަދި ބިހުގެ ލޮނދި) އަދި ސީފުޑާއި ސީފުޑްގެ އުފެއްދުންތަކަކީ ހެލްތު ސެޓްފިކެޓް ހުށަހަޅަންޖެހޭ އުފެއްދުންތަކެކެވެ. މިގޮތުން ހުށަހަޅާ ހެލްތު ސެޓްފިކެޓަކީ މުދާ ފޮނުވާ ޤައުމު ނުވަތަ މުދާ އުފެއްދި ޤައުމުގެ ކަނޑަޅާފައިވާ ރަސްމީ އިދާރާޔަކުން ދޫކޮށްފައިވާ ޞައްޙަ ހެލްތު ސެޓްފިކެޓަކަށް ވާންވާނެއެވެ. ހެލްތު ސެޓްފިކެޓްގައި އަންނަނިވި މަޢުލޫމާތު ހިމެނިފައި ހުންނަންވާނެއެވެ.
ހެލްތު ސެޓްފިކެޓްގައި ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު؛
- މުދާ ފޮނުވާ ފަރާތް (ކޮންޒައިނަރ/ އެކްސްޕޯޓަރ)
- ސެޓްފިކެޓް ނަންބަރު
- ސެޓްފިކެޓް ދޫކުރި އިދާރާގެ ނަން
- މުދާ އެތެރެކުރާ ފަރާތް (ކޮންޒައިނީ/ އިންޕޯޓަރ)
- މުދާ އުފައްދާފައިވާ ޤައުމު (ކަންޓްރީ އޮފް އޮރިޖިން)
- މުދާ އެތެރެކުރެވޭ ޤައުމު (ކަންޓްރީ އޮފް ޑެސްޓިނޭޝަން)
- މުދާ ބަރުކުރެވޭ ތަން (ޕްލޭސް އޮފް ލޯޑިން)
- މުދާ އުފުލޭގޮތް (މީންސް އޮފް ޓްރާންސްޕޯޓް)، ކަނޑު/ ވައިގެ މަގުންކަން
- މުދާ އެތެރެކުރެވޭ ބަނދަރު (ޑިކްލަޔާޑް ޕޯޓް އޮފް އެންޓްރީ)
- ވަކި ގޮތަކަށް ނުވަތަ ވަކި ފިނިހޫނު މިނެއްގައި އުފުލަންޖެހޭ/ ބަހައްޓަންޖެހޭ އުފެއްދުމެއްނަމަ އެމަޢުލޫމާތު
- ޖުމްލަ މިންވަރު
- ކޮންޓެއިނަރ ނަންބަރު ނުވަތަ ސީލް ނަންބަރު (ކަނޑުމަގުން އިމްޕޯޓު ކުރާ ތަކެތި)
- ޖުމްލަ ދާގީނާގެ އަދަދު
- މުދަލުގެ ތަފްޞީލް (ނަމާއި، އަދަދު، ބަރުދަން/މިންވަރު އެނގޭގޮތައް)
- އެޓެސްޓޭޝަން
- ސެޓްފިކެޓް ދޫކުރި އޮފިސަރ (ނަމާއި، މަޤާމާއި، ތާރީޚާއި އަދި ސޮއި)
ވީމާ، މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަނުވާ ހެލްތު ސެޓްފިކެޓާއި އެކު ދިވެހިރާއްޖެ އިމްޕޯޓު ކުރާ ބާވަތްތަކަށް 7 އޮކްޓޯބަރ 2025 ގެ ފަހުން ހެލްތު ކުލިއަރެންސް ނުދޭނެ ކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.