ދިވެހިރާއްޖެ
" ގދ.އަތޮޅު ކައުންސިލް ޤުރުއާން މުބާރާތް 2025 އަށް ބައިވެރިން ހޮވުމަށް ބާއްވާ އޮޑިޝަން:
ކީރިތި ޤުރުޢާން ކިޔެވުމުގެ އަތޮޅު މުބާރާތް 2025 އަށް ބައިވެރިން ހޮވުމަށްޓަކައި ބާއްވާ އޮޑިޝަން 18 ޖުލައި 2025 ވާ ހުކުރު ދުވަހާއި 19 ޖުލައި 2025 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މިއޮޑިޝަނުގައި ބައިވެރިވެވޭނީ ގައްދޫގައި ހިންގާ ޤުރުއާން ކިލާސްތަކަށާއި، ގދ.އަތޮޅު މަދަރުސާ، އަދި ގައްދޫގައި ހިންގާ ކްލަބް ޖަމްޢިއްޔާތަކަށާއި، އަދި ގައްދޫގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އަމިއްލަގޮތުން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށެވެ. މިއޮޑިޝަން އޮންނާނީ ގައްދޫ މަރުކަޒުލް އިޘާރުގައެވެ. މިއޮޑިޝަންގައި ބޭނުންކުރާނީ ޤުރުއާންކިޔެވުމުގެ އަތޮޅުމުބާރާތް 2025 އަށް އެކުލަވާލައްވާފައިވާ " ގދ.އަތޮޅު ކައުންސިލް ޤުރުއާން މުބާރާތުގެ ޤަވާޢިދު 2025 " އެވެ. މިޤަވާއިދު މިއިދާރާއިން ލިބެން ހުންނާނެއެވެ
ވީމާ، މި އޮޑިޝަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 15 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ނަންނޯޓުކޮށްދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7703312 އަށެވެ.
https://forms.gle/3gfjYbapG8FFge869
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.