ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ކަޕް 2025 ކުރިއަށްދާ ވަގުތު ކެންޓީން ހިންގުމަށް ބިން ދޫކުރުމާއި ގުޅޭ

        ކައުންސިލް ކަޕް 2025 ކުރިއަށްދާ ވަގުތު އެ ސަރަޙައްދުގައި ކެންޓީނު ހިންގުމަށް 03 ބިމެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ. ވީމާ، ކެންޓީނު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް 09 ޖުލައި 2025 ވާ (ބުދަ) ދުވަހުގެ 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.

        އަންދާސީ ހިސާބު ހުށަހެޅޭނީ، ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

        އަންދާސީ ހިސާބު ހުށަހަޅާ ފޯމް، ބިން ދޫކުރާ ސަރަޙައްދު އެނގޭނޭ ޗާރޓް އަދި މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

ފޯން: 6520043

އީ-މެއިލް: [email protected]                          

06 ޖުލައި 2025
ހޯދާ