ދިވެހިރާއްޖެ
Morocco Scholarship 2024-2025 |
||
ޤައުމު: މޮރޮކޯ |
07 ބެޗްލަރސް ޑިގްރީ 08 މާސްޓަރސް ޑިގްރީ 05 ޕީ.އެޗް.ޑީ |
ކޯހުގެ ލެވެލް އަދި ޢަދަދު: |
ބެޗްލަރސް ޑިގްރީ
މާސްޓަރސް ޑިގްރީ
ޕީ.އެޗް.ޑީ
އެދޭ ކޯހާއިގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން. 2. އެދޭ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން. |
ކޯހުގެ ޝަރުތު: |
|
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި.
|
ހުށަހަޅަންޖެހޭ ތަކެތި: |
|
- މި ސްކޮލަރޝިޕަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތައް ނޮމިނޭޓް ކުރެވޭނެއެވެ. އަދި ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ސްކޮލަޝިޕް ދެއްވާ ފާރާތުންނެވެ. - މި ސްކޮލަޝިޕްގެ ދަށުން ގިނަ ކޯސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މައިގަނޑު ބަހަކީ ޕްރެންޗް ބަސްކަމުގައިވާތީ، މި ބަސް ނޭނގޭ ފަރާތްތަކަށް ފްރެންޗް ބަސް ދަސްކޮށްދިނުމަށް ކޯހެއް ކުރިއަށް ގެންދެވޭނެއެވެ. އަދި އިސްލާމީ ތަރުބިއްޔަތު، އަރަބި ބަސް އަދި އަރަބިކް ލިޓްރޭޗަރ ކޯސްތަކަށް އަރަބިބަސް އެނގުން ލާޒިމްކުރެއެވެ. - މި މިނިސްޓްރީއިން ނޮމިނޭޝަން ހަދާނީ މި މިނިސްޓްރީގެ "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތަކަށް ބަލައިގެންނެވެ. - މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތާއި މި ސްކޮލަޝިޕްގެ ދަށުން ލިބޭ އެލެވެންސް ތަކުގެ ތަފްޞީލް ތިރީގައި މިވާ ލިންކުތަކުން ލިބެންހުންނާނެވެ. - ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަންޖެހޭނެއެވެ. - އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ. - މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ. |
އިތުރު މަޢުލޫމާތު: |
|
އޮންލައިން އެޕްލިކޭޝަން ހުށަހެޅުން: 13 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން. |
ސުންގަޑި:
|
|
އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
||
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ. |