ދިވެހިރާއްޖެ
FSM-ADV/2025/082
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
ސީނިއަރ އެސްޓިމޭޝަން އެންޖިނިއަރ |
ޑިޕާޓްމަންޓް/ސެކްސަން: |
އެންޖިނިއަރިންގ ޑިޕާރޓްމަންޓް / ޕްރޮޖެކްސް ސެކްޝަން |
ބޭނުންވާ ޢަދަދު: |
01 |
މަސައްކަތުގެ ބާވަތް: |
- ޕްރޮޖެކްޓްގެ ހަރަދުގެ ޞައްޙަ އަންދާޒާތައް ތައްޔާރުކުރުން - މެޓީރިއަލް، ލޭބަރ އަދި އިކުއިޕްމަންޓް ޚަރަދުތައް އިވެލުއޭޓްކުރުން - ރިސްކް އެނަލިސިސް ހެދުމާއި ޚަރަދު ކުޑަވާ ގޮތަކަށް ހައްލުތަކެއް ހުށަހެޅުން - ބިޑް ތައްޔާރުކުރުމާއި ކޮންޓްރެކްޓް ނެގޯޝިއޭޝަންތަކުގައި އެހީތެރިވުން - ބިލް އޮފް ކުއަންޓިޓީސް (BOQ) ހެދުން - ބްލޫޕްރިންޓްތަކާއި ކުރެހުންތަކާއި ސްޕެސިފިކޭޝަންތައް ތަފްސީލްކުރުން - ކޮމްޕިއުޓަރ ސްޕްރެޑްޝީޓް އާއި ޑޭޓާބޭސް ބޭނުންކުރުން އަދި އެސްޓިމޭޓިންގ، ސީއޭޑީ އަދި ޝެޑިއުލިންގ ސޮފްޓްވެއަރ ބޭނުންކުރުން - ތަފްސީލީ އަދި ފުރިހަމަ ކޮންސްޓްރަކްޝަން އަދި ސްޕެސިފިކޭޝަންތައް ހަދަން އެގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ |
ޝަރުތުތައް: |
- މަސައްކަތާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލްކޮށްފައިވުން އަދި މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން |
މަހު މުސާރަ: |
14,000ރ އާއި 15,000ރ އާއި ދެމެދު |
ޑިޕާޓްމަންޓް: |
އެންޖިނިއަރިންގ ޑިޕާރޓްމަންޓް އެފް. އެސް. އެމް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
06 ޖުލައި 2025