އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ކާރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި އޮފީހަށް ކާރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު   (IUL)234-A/234/2025/11 (15 ޖޫން 2025) އިޢުލާނުގެ މަޢުލޫމާތު ކަރުދާހުގައި ކުށެއް އޮތުމާ ގުޅިގެން އެ މަޢުލޫމާތު ކަރުދާސް އިޞްލާޙުކޮށް އަލުން އިޢުލާނުކުރަމެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ޖުލައި 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 ގެ ކުރިން މިއިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ހުށައެޅޭ ބީލަންތައް ހުޅުވުން އޮންނާނީ 14 ޖުލައި 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުށަހެޅުއްވި ހުރިހާ ފަރާތްތަކުގެ ހާޟިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަމާއި ފޯން ނަމްބަރު ލިޔެފައެވެ.

            މި އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް، މި އިދާރާއިން ލިބިލައްވާނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ މި ކައުންސިލްގެ ފޯން ނަންބަރު: 6680507 އަށް ގުޅުއްވުމުން ލިބިލައްވާނެއެވެ.

06 ޖުލައި 2025
ހޯދާ