ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްމާރުކޭޓު ކުއްޔަށް ހިފާނެފަރާތެއް ހޯދުން

ރަށުގެ ދެކުނުކޮޅުން ހުޅަނގު ފަރާތުގައިހުރި މަސްމާރުކޭޓުއިމާރާތް ކުއްޔަށްހިފުމުގެ ޝަޢުޤުވެރިކަން ފާޅުކުރަމުންދާތީ، އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައި ކުރި މިއިދާރާގެ ނަންބަރު: (IUL)383-ESD/383/2025/100 (25 ޖޫން 2025) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އިސްވެދެންނެވުނު އިޢުލާނު ބާޠިލްކޮށް، މި އިމާރާތް ކުއްޔަށް ހިފުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި އިމާރާތް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ޕްރޮޕޯސަލް ހުށަހެޅުން ކުރިއަށްދާނީ ތިރީގައިވާ ތާވަލާއި އެއްގޮތަށެވެ.       

 

 

ތާރީޚް

ގަޑި

ދުވަސް

ތަން

މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ)

13 ޖުލައި 2025

13:15

އާދީއްތަ

ކައުންސިލްގެ އިދާރާ

ޕްރޮޕޯސަލް ހުށަހެޅުން

20 ޖުލައި 2025

13:15

އާދީއްތަ

ކައުންސިލްގެ އިދާރާ

 

ޕްރީ ބިޑް މީޓިންގ އަދި ޕްރޮޕޯސަލް ހުށަހެޅުމަށް މިއިދާރާއަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. ކުންފުންޏަކުން ނުވަތަ ވިޔަފާރި ރަޖިސްޓްރީއެއްގެ ދަށުން ޕްރީ ބިޑް މީޓިންގ އަދި ޕްރޮޕޯސަލް ހުށަހެޅުމަށް ބައިވެރިވާނަމަ  އެ ލީގަލް ބޮޑީއެއްގެ ރަޖިސްޓްރީ ކޮޕީއާއި ލެޓަރހެޑްގައި ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ކޮންމެ ފަރާތެއްގެ ނަމުގައި ނެންގެވޭނީ އެއްބީލަންކަރުދާހެވެ. ޕްރީބިޑް މީޓިންގ ގައި ބައިވެރިނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

06 ޖުލައި 2025
ހޯދާ