ދިވެހިރާއްޖެ
މިއިދާރާއިން އިސް ނަގައިގެން ނިލަންދޫގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ސެޓްފިކެޓް ލެވެލް 01 ގެ ފަހަން ދަސްކޮށްދޭ ކޯހެއް 16 އޮގަސްޓް 2025 ން ފެށިގެން 1 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހުގެ ފީއަކީ 2000 ރުފިޔާއެވެ.
ޖުމްލަ 20 ބައިވެރިންނާއެކު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު 06 ޖުލައި 2025 އިން 08 ޖުލައި 2025 ގެ ނިޔަލަށް ހުޅުވާލަމެވެ. ވީމާ، ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ފޯމް ފުރުވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ ނަމްބަރު 4000012 ނުވަތަ މިއިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް މަރްޔަމް ޝިޒްނާ ނަޖީބު ނަމްބަރު 9849587 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާޢްމުކޮށް އަންގާ ޢިއުލާންކުރީމެވެ.
11 މުޙައްރަމް 1446