ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިރަށުގެ އިރުމަތީ ފަރާތުން ފާޚާނާ ނަރުދަމާގެ ޓްރީޓްމަންޓް ޕްލާންޓް ގެ ދެކުނުން ކުނިކޮށީގެ ހުޅަނގުން ސަރަހައްދު ޗާޓުގައި ފާހަގަކުރެވިފައިވާ ދެބިން ވޯކްޝޮޕް/ވަޑާންގެ ނުވަތަ އެކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ކުއްޔަށްދޫކުރަން ކަނޑައަޅައި އިޢްލާން ކުރަމެވެ.
މިކަމަށް އެދި ހުށަހަޅަންޖެހޭ ބިޑް ފޯމް މިކައުންސިލްގެ ރިޝެޕްޝަނުންނާއި މިއިޢްލާނާއި އެކު ގެޒެޓްގައި އެޓޭޗްކުރުވެފައި ހުންނާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ޖުލައި 2025 ވާ ބުދަ ދުވަހުގެ 12.45 އަށް މިކައުންސިލަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ މި އިޢުލާނާއިއެކު ހީރަސް ކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަށް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.