އިޢުލާނު
|
އެސިސްޓަންޓް ލައިބްރަރިއަން (ވޭޖް)
|
މަޤާމު:
|
J-247320
|
މަޤާމުގެ ނަންބަރު
|
1 (އެކެއް)
|
ބޭނުންވާ ޢަދަދު:
|
ވަގުތީ (ވޭޖް އެމްޕްލޯއިމެންޓް އުސޫލުން)
|
މަޤާމުގެ ގިންތި:
|
6 މަސް ދުވަސް
|
މަޤާމުގެ މުއްދަތު:
|
GS4
|
މަޤާމުގެ ރޭންކް:
|
އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އިސްދޫ ސްކޫލް، ލ. އިސްދޫ
|
ވަޒީފާ އަދާކުރަންޖެހޭތަން:
|
5020.00 ރުފިޔާ
|
މުސާރަ:
|
1500.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
- ސްކޫލްގެ ކިޔެވުން އޮންނަ ދުވަސްތަކުގައި ނިކުތުމަށް ހަމަޖައްސަވާފައިވާ ސެޝަނަށް ޙާޟިރުވެ ސޮއި ކުރުންމަށްފަހު ލައިބްރަރީއާ ގުޅުންހުރި ހަވާލުކުރެވޭ ހުރިހާ މަސައްކަތެއްކުރުން.
- ލައިބްރަރީއަށް އެތެރެވާ (ހޯދާ) ދިވެހި، އިނގިރޭސި ބަހުގެ ފޮތްތަކާއި ނޫސްމަޖައްލާ ފަދަ ކެޓެލޮގްތައް ސެލޯފޭން ލައްވާ ޤަވާޢިދުން އެންޓަރކުރުމުގެ މަސައްކަތް ދުވަހުން ދުވަހަށް ނިންމުމާއި ލައިބްރަރީ ފޮތްތަކުގެ އިންވެންޓްރީ، ކޮމްޕިއުޓަރައިޒްކޮށް ބެލެހެއްޓުން.
- ފޮތްތަކާއި ބެހޭގޮތުން ކުރަންޖެހޭ ޕްރޮފެޝަނަލް މަސައްކަތްތަކާއި ގުޅިގެން މައްސަލައެއް ދިމާވެއްޖެނަމަ ސްކޫލްގެ އިދާރާއާއި / މަސައްކަތާއި ގުޅޫގޮތުން ރިޕޯރޓްކުރަންޖެހޭ ފަރާތާއި މަޝްވަރާކޮށް އެކަމެއް ނިންމުން.
- އަލަށް ލިބޭ ފޮތްތައް ކެޓަގަރައިޒްކުރުމާއި ލައިބްރަރީއަށް އެތެރެވާ ފޮތްތަކުގައި ސްކޫލްގެ ނުވަތަ ލައިބްރަރީގެ ރަސްމީ ތައްގަނޑު ޖެހުމުގެ މަސައްކަތްކުރުން.
- ލައިބްރަރީގައިވާ ހަރުގަނޑުތަކާއި، ފޮތްތައް ފޮޅާ ސާފުކުރުން. އެގޮތުން މަދުވެގެން ހަފްތާއަކު 1 ފަހަރު މަސައްކަތު މީހުން ލައްވާ ހިރަފުސްފޮޅުމާއި ލައިބްރަރީ ހަރުގަނޑުތަކުގައިވާ ފޮތްތައް، އިންތިޒާމުނުގެއްލޭނޭހެން އަދި ހަލާކު ނުވާނޭހެން ތަރުތީބުކުރުމުގެ މަސައްކަތް ދުވަހުން ދުވަހަށް ވަގުތުން ވަގުތަށް ކޮށް ނިންމުމަށް މަސައްކަތްކުރުން.
- ލައިބްރަރީއަށް އަމާޒުކޮށް ހިންގޭ ދަރިވަރުންގެ އެކި އެކި ޕްރޮގްރާމްތަކާއި ކްލާސްތައް ރާވާ ހިންގުމާއި ލީޑިންގ ޓީޗަރުންނާއި، މުދައްރިސުންނަށް އެހީތެރިވުން.
- ދަރިވަރުން އަނބުރާ ދައްކާގޮތަށް ގެންދާ ފޮތްތައް ހަމަޖެހިފައިވާ އުސޫލުން ދޫކޮށް، އަދި އަނބުރާދައްކާ ފޮތްތައް ޤަވާޢިދުން ބަލައިގަނެ، އެކަންކަމުގެ ފުރިހަމަ ރެކޯޑް ދުވަހުން ދުވަހަށް ބެލެހެއްޓުން. އަދި ދަރިވަރުން ފިޔަވައި އެހެންފަރާތަކުންވެސް ފޮތެއްގެންދިޔަސް އެ އުޞޫލުން ޢަމަލުކުރުން.
- ލައިބްރަރީގައި ކުދިންތިބޭއިރު އެކުދިންނަށް ބޭނުންވާ ފޮތްހޯދާދިނުމުގައާއި ފޮތްކިޔާ ނިމުމުން އެފޮތް ބަހައްޓަންވާ ތަނުގައި ބެހެއްޓުމަށް ދަރިވަރުންނަށް އެހީތެރިވުމާއި ލައިބްރަރީއަށް އަންނަދަރިވަރުންގެ އެހެނިހެން ހަރަކާތްތައް ހުންނަގޮތްވެސް ބެލުން
- ލައިބްރަރީގައި އަޑުގަދަވިޔަ ނުދިނުމަށް ބާރުއެޅުމާއި އަޚްލާޤީ މިންގަނޑު ދެމެހެއްޓުމަށް ބާރުއެޅުމުގެ އިތުރުން ލައިބްރަރީގެ ޤަވާޢިދުތަކާއި އުޞޫލުތައް އިދާރާގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ލިޔެ އެންމެންނަށް ފެންނާނޭހެން ލައިބްރަރީ ނޯޓިސްބޯޑުގައި ބެހެއްޓުން. އަދި ލައިބްރަރީ ޑިސްޕްލޭކުރުމުގެ މަސައްކަތް ކުރުން.
- ލައިބްރަރީގެ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތައް ލައިބްރަރީ ބެލެހެއްޓުމާއި ހަވާލުވެހުންނެވި ސްކޫލްގެ ވެރިއެއްގެ ޙާޟިރުގައި ބޭއްވުމަށް މަސައްކަތްކުރުން. މިގޮތުން ބާއްވާ ބައްވާބައްދަލުވުންތަކުގެ މަޢުލޫމާތު ސްކޫލް ހިންގުމާ ހަވާލުވެހުންނަ އިސްވެރިއަކަށް ދިނުން.
- ލައިބްރަރީގައި ހިންގޭ ޕްރޮގްރާމްތަކާއި ލައިބްރަރިގައި ނެގޭ ގަޑިތަކާއި ބެހޭގޮތުން އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެކަމާއިބެހޭ ސްޕަވައިޒަރަކަށް ނުވަތަ އިސްވެރިއަކަށް އެންގުމާއި ލައިބްރަރީގައި އިން ދަރިވަރެއްގެ ފަރާތުން ޤަވާޢިދާއި ޚިލާފް ކަމެއްފެނިއްޖެނަމަ އެކަމެއްވެސް ނޯޓްކޮށް އެދަރިވަރެއްގެ ލީޑިންގ ޓީޗަރަށް އެންގުން.
- އަނބުރާ ދައްކާގޮތަށް ދޫކުރެވޭފޮތްތައް މުއްދަތު ހަމަވާއިރު ނުދައްކައިފިނަމަ އެފަރާތަކަށް އެކަން އަންގާ ފޮތްހޯދުމާއި ކޮންމެ ތަޢުލީމީ އަހަރެއްނިމި، ބިދޭސީ ޓީޗަރުން ޤައުމަށް ދުވާފަރުން ފުރުމުގެ ކުރިން އެމީހުންނަށް ދޫކުރެވިފައިވާ ލައިބްރަރީ ފޮތްތައް ހޯދާ ހަމަކުރުމުގެ އިތުރުންވެސް ތަޢުލީމީ އަހަރު ނިމި ސްކޫލް ބަންދުވުމުގެ ކުރިން އެއަހަރަކު އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލައިބްރަރީ ފޮތްތައް ހޯދާ ހަމަކުރުން.
- ރަސްމީ ގަޑީގެ އިތުރަށް، ސްކޫލްގައި ހިންގާ އެހެނިހެން ހަރަކާތްތަކަށްވެސް ކަނޑައަޅާ ގަޑިތަކަށް ޙާޟިރުވުން.
- މީގެ އިތުރުންވެސް ވަޒީފާގެ ހައިސިއްޔަތުން ސްކޫލްގެ އިސްވެރިޔާ އަންގަވާ ކަންކަން ސްކޫލަށް ފައިދާހުރިގޮތަށް ކޮށްނިންމުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- ލައިބްރަރީ ސައިންސް (core)
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
މަޤާމަށް ޕްރިފަރޑް ޑިސިޕްލިން: ނެތް
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި ސްކޫލްގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
އަސާސީ ޝަރުތު ހަމަވުމުން
|
30
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)
|
25
|
އިންޓަރވިއު
|
35
|
މި މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60% އިން ފެށިގެން މަތިން ލިބިފައިވާނަމައެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނ13 ޖުލައި 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، އިސްދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމެންޓް އޮންނާނީ 13 ޖުލައި 2025 އާއި 17 ޖުލައި 2025 އާއި ދެމެދު އިސްދޫ ސްކޫލުގައެވެ.
|
އެސެސްމެންޓް އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް A2) ޝީޓު(" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯރޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް A2) ޝީޓު(" އާންމުކުރުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800562 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ.
06 ޖުލައި 2025
|