ދިވެހިރާއްޖެ
މަޤާމު: ޓީޗަރ (ކޮމްޕިއުޓަރ ސްޓަޑީސް)
ބޭނުންވާ އަދަދު: 01
ވަޒީފާއޮތް އޮފީސް: އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ގިންތި: (ދާއިމީ)
ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް/ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:
- މަދްރަސާގެ އިދާރާއިން ކިޔަވައިދޭ ޓައިމްޓޭބަލް ރާވާފައިވާ ގޮތުގެ މަތީން ކުލާސްތަކަށް ކިޔަވާދިނުން.
 - އެކުލާހަކަށް އެއަހަރަކަށް ކަނޑައެޅިފައިވާ މުޤައްރަރުތަކުގެ ތެރެއިން މުވައްޒަފު ކިޔަވައިދޭ މާއްދާގެ މުޤައްރަރު ކިޔަވއިދީ ފުރިހަމަ ކުރުން.
 - ހަވާލުވެފައިވާ ކުލާހުގެ ހާޒިރީ ގަވާއިދުން ތައްޔާރުކޮށް ބެލެހެއްޓުމާއި، ދުވަހުން ދުވަހަށް ސާފުކޮށް ނިންމުމަށްފަހު އިދާރާއަށް ގެނައުން.
 - ކިޔަވާދިނުމަށްޓަކައި ކިޔަވައިދޭ މާއްދާގެ ސްކީމްއޮފް ވޯރކް އަދި ލެސަންޕްލޭން ގަވާއިދުން ހަދަމުންގެންދިޔުމާއެކު ސްޕަވައިޒަރުން ލައްވާޗެކު ކުރުއްވައި ސޮއިކުރުއްވުން.
 - ސްކޫލްގެ ވަސީލަތްތައް އެންމެ ފައިދާ ހުރި ގޮތުގައި ބޭނުންކޮށް ދަރިވަރުންގެ ނަތީޖާ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން
 - ސްކޫލްގައި ހިންގޭ ޙަރަކާތްތަކުގެ ތެރެއިން ޙަވާލުކުރެވޭ ޙަރަކާތްތައް ހިންގުން.
 - މުޖުތަމަޢާއި ސްކޫލާއި އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއް ކަމަށް ހެދުމަށް މަސައްކަތްކުރުން.
 
ޝަރުޠު:
| 
 މަޤާމުގެ ނަން  | 
 ކްލެސިފިކޭޝަން  | 
 ސިވިލް ސަރވިސް ރޭންކް  | 
 އަސާސީ ޝަރުޠު  | 
 އަސާސީ މުސާރަ  | 
 ސަރވިސް އެލަވަންސް  | 
| 
 ޓީޗަރ  | 
 ސްކޫލް ޓީޗަރސް  | 
 CS15-2  | 
  | 
 9910.00  | 
 2500.00  | 
  | 
|||||
| 
 ޓީޗަރ  | 
 ސްކޫލް ޓީޗަރސް  | 
 CS13-2  | 
  | 
 8440.00  | 
 2500.00  | 
| 
 ޓީޗަރ  | 
 ސްކޫލް ޓީޗަރސް  | 
 CS11-2  | 
  | 
 7070.00  | 
 2500.00  | 
އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް
| 
 މުސާރައިގެ އިންސައްތަ  | 
 ސަނަދު  | 
| 
 30%  | 
 ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން  | 
| 
 25%  | 
 ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އޮތުން  | 
| 
 20%  | 
 ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން  | 
| 
 15%  | 
 ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން  | 
| 
 20%  | 
 ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން  | 
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- މެރިޓް ޢުސޫލުން އެންމެ މަތީ މާރކްސްއެއް ލިބޭ ފަރާތެއް
 - ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
 - މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
 - މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމުގެ ސިފަތައް
 
ނޯޓް: ޢަރަބި ބަހުން ތަޢުލީމު ހާސިލުކޮށްފައިވާ، ޢަރަބި ބަހުން ލިޔެ ޓައިޕްކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
އިންޓަރވިއު ކުރުން
ހ. އިންޓަވިއު، އިއުލާންގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 20 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަކޮށްފައިވާ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ ޖަދުވަލު 7 ގައިވާ ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު. (ވަޒީފާއަށް އެދޭ ފޯމު މި މަދަރުސާގެ ރިޝެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިމަދަރުސާގެ ވެބްސައިޓް www.arabiyya.edu.mv ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
 - ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 - ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
 - ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
 - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
 
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މި މަދަރުސާގެ ރިސެޕްޝަނަށެވެ.
 - ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 28 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ މެންދުރު 14:30ގެ ކުރިން އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް (ޗާންދަނީމަގު) ވަޒީފާއަށްއެދޭ ފޯމާއި މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު ހުށަހެޅުއްވުންއެދެމެވެ.
 
ނޯޓް:
މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ނަންބަރު 3328072 ފޯނަށް ގުޅުއްވުން އެދެމެވެ.
