ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ރިސޯސް ރޫމުތަކާއި އެ ރޫމުތަކުގެ ކޮރިޑޯގެ ކަރަންޓް ވައިރިން ބަދަލުކުރުން

                                                       ނަމްބަރ: GS43-B/IUL/2025/46  

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ރިސޯސް ރޫމުތަކާއި އެ ރޫމުތަކުގެ ކޮރިޑޯގެ ކަރަންޓް ވައިރިން ބަދަލުކުރުން:

  1. މިސްކޫލުގެ ރިސޯސް ރޫމުތަކާއި އެ ރޫމުތަކުގެ ކޮރިޑޯގެ ކަރަންޓް ވައިރިން ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތްކޮށްދިނުމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 06 ޖުލައި 2025 އިން  10 ޖުލައި 2025 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ  ބައްދަލުވުން  އޮންނާނީ  14  ޖުލައި  2025 ވާއާދީއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
  5. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 17  ޖުލައި  2025  ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 21 ޖުލައި 2025  ވަނަ ދުވަހުގެ 11:00 ގައިމި ސްކޫލުގެ ކޮންފަރެންސް ރޫމުގައެވެ.
  7. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  8. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޝަރަފުއްދީން ސްކޫލް

 ހިތަދޫ، އައްޑޫ

 ފޯން: 7030-688

 އީ-މެއިލް  [email protected] :

06 ޖުލައި 2025
ހޯދާ