ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ވާދޫ ކައުންސިލްގެ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

                                 

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2025/32

ތާރީޚް

‏ 11  މުޙައްރަމް 1447

 06 ޖުލައި 2025

 

ގދ.ވާދޫ ކައުންސިލްގެ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

            މިކައުންސިލުން 2025 ވަނަ އަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން،  ރައްޔިތުންނަށް ހުޅުވައިލައިގެން މަސް ބޭނުމުގެ މުބާރާތެއް (މަސް ރޭހެއް) ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 26 ޖުލައި 2025 ވަނަ ދުވަހުއެވެ. ނަމަވެސް ބަޔާންކޮށްފައިވާ ތާރީޚުގައި މޫސުން ތަން ނުދޭނަމަ މުބާރާތް ބާއްވާ ތާރީޚަށް ބަދަލުވެދާނެއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެޖިންސުގެ 18 އަހަރުން މަތީގެ އުމުރުފުރައިގެ ހުރިހާ ރައްޔިތުންނަށް ހުޅުވައިލައިގެންނެވެ. މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް މިއިޢުލާނާ އެކުގައިވާ ޤަވާޢިދުގައި ހިމެނިފައިވާނެއެވެ.

              ވީމާ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2025 ޖުލައި 23 ވަނަ ދުވަހުގެ 14:00  ގެ ކުރިން، މި އިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ "ގދ.ވާދޫ ކައުންސިލްގެ މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މި މުބާރާތުގެ ޤަވާއިދު އަދި ބައިވެރިވުމަށް އެދޭފޯމް މި އިޢުލާނާއެކީ އެއްކަރުދާސް ކުރެވިފައިވާނެއެވެ.  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޖުލައި 2025
ހޯދާ