ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"10 ވަނަ ބެއިޖިންގ އިންޓަރނޭޝަނަލް އާޓް ބައިނެލް، ޗައިނާ 2025" ގައި ބައިވެރިވުމުގެ ފުރުޞަތު

ޗައިނާ އާޓިސްޓްސް އެސޯސިއޭޝަން އާއި ބެއިޖިންގ މުނިސިޕަލް ކޮމިޓީ އިން އިންތިޒާމްކުރައްވައިގެން، މިއަހަރު ޑިސެމްބަރު މަހުގެ 31 އިން 01 ފެބްރުއަރީ 2026 ގެ ނިޔަލަށް ބެއިޖިންގ އެގްޒިބިޝަން ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ، "10 ވަނަ ބެއިޖިންގ އިންޓަރނޭޝަނަލް އާޓް ބައިނެލް" ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ވަނީ ލިބިފައެވެ.

އެގޮތުން، މި އާޓް ބައިނާލެގެ އެގްޒިބިޝަން ރަޖިސްޓްރޭޝަން މެޓީރިއަލްސް 31 ޖުލައި 2025 ގެ ކުރިން [email protected] އަށް ހުށަހަޅުއްވައި މިސެންޓަރުގެ މެއިލް އެޑްރެސް [email protected] އަށް މެއިލް ކޮޕީކޮށްދެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ސަބްމިޝަން އަށް ބެއިޖިންގ ބައިނެލް އޮފިޝަލް ވެބްސައިޓް bjbiennale.com.cn/en/ParticipationWay ބެއްލެވުން އެދެމެވެ.

03 ޖުލައި 2025
ހޯދާ