ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާމަސީލުލާމު އަތޮޅު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކުރުން

ލާމަސީލުލާމު އަތޮޅު ފުޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚް 01 އޮގަސްޓް 2025 އަށް ލަސްކުރެވިފައިވާތީ، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރު ޓީމުތަކަށް ދިނުމަށް ހައްދުންމަތީ އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 2 ވަނަ ކުއްލި ޖަލްސާގައި ވަނީ ނިންމާފައެވެ.

ވީމާ، މި މުބާރާތުގައި މިހާރު ބައިވެރިފައިވާ ޓީމުތައް ފިޔަވައި އިތުރު ޓީމުތަކުން މި މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވާނަމަ 06 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު [email protected] އަށް ފޮނުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، ކުޅުންތެރިން ރަޖިސްޓްރީ ކުރާ ފޯމާއި، ޓީމް ލިސްޓް ހުށަހަޅާ ފޯމް އަދި މުބާރާތުގެ ހިންގާ ޤަވާއިދު މި އިދާރާގެ ވެބްސައިޓް laamu.gov.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. 

މުބާރާތް ހޯސްޓްކުރާ ކުލަބް ޖަމްޢިއްޔާއަކަށް މި މުބާރާތުގައި ބައިވެރި ނުވެވޭނެއެވެ. 

03 ޖުލައި 2025
ހޯދާ