ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ބުރުނީ މަސްޖިދުލް އިޚްލާސް މިސްކިތުގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށު މަސްޖިދުލް އިޚްލާސް މިސްކިތުގައި ކުރަންހުރި  މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ޝީޓުގައިވާ އިރުޝާދުތަކާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ.

އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2025 ޖުލައި 14 ވަނަ ދުވަހުގެ 14:00 ގައި މިކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ  އީމެއިލް:  [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮއް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޖުލައި 2025
ހޯދާ