ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޗައިނީޒް ލޭންގުއޭޖް ބޭސިކް" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައި 3 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުން 20 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 23:59 ގެ ނިޔަލަށެވެ.
މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައިގަންނަވާނެއެވެ.
ފެކަލްޓީ އޮފް އާޓްސް
| :ކޯސް ފެށޭ ތާރީޚު | 26 އޮގަސްޓް 2025 | 
| :ކޯސް ހިންގޭނެ ގޮތް | ކުލާސްތަކަށް ހާޒިރުވެގެން | 
| :ކޯހުގައި ކިޔަވައިދޭނެ ދުވަސްތަކާއި ވަޤުތުތައް | އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ 19.00އިން 21.00އަށް | 
| :ޖާގައިގެ ޢަދަދު | 30 | 
| :މުއްދަތު | 15 ހަފުތާ | 
| :އުމުރުފުރާ | 15 އަހަރުން މަތި | 
| :ކޯސް ފީ | -/2500 | 
ކޯހަށް އެޕްލައި ކުރުމަށް މި ލިންކަށް ފިއްތާލައްވާ:
Application Form - Chinese Language Basic
7 މުޙައްރަމް 1447
 
                    