ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އަހަރީދުވަސް ފާހަގަކުރުމަށް ބޭއްވޭ ޚާއްޞަ ހަފްލާ ރާވާ ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ކުޅުދުއްފުށީ ސިޓީކައުންސިލްގެ އަހަރީދުވަސް ފާހަގަކުރުމަށް ބޭއްވޭ ޚާއްޞަ ހަފްލާ ރާވާ ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބިޑްގައި ރަޖިސްޓަރ ވުމަށް:

ލިންކް: https://forms.office.com/r/ZAW2FkZGEK

 

ތަފްސީލް

ތާރީޚް

ގަޑި

ޕްރީ ބިޑް މީޓިންގ (މައުލޫމާތު ސެޝަން)

‏07‏ ޖުލައި‏ 2025‏ (ހޯމަ‏)

10:30

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި

އީމެއިލް: [email protected]

‏14‏ ޖުލައި‏ 2025‏ (ހޯމަ‏)

10:30

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏15‏ ޖުލައި‏ 2025‏ (އަންގާރަ‏)

10:30

އަންދާސީ ހިސާބު ހުށަހެޅުން

‏16‏ ޖުލައި‏ 2025‏ (ބުދަ‏)

10:30

ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177، 6527113 ނުވަތަ 6527192 އަށެވެ.

 

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procurement އިން ‏02‏ ޖުލައި‏ 2025 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

 

 

ބީލަމާގުޅޭ މައުލޫމާތު ޝީޓު އަދި ބީލަން ފޮތް ޑައުންލޯޑު ކުރެއްވުމަށް: https://kulhudhuffushicity.gov.mv/procurement/330

 

02 ޖުލައި 2025
ހޯދާ