ދިވެހިރާއްޖެ
ނަންބަރު: (IUL)303-ISS/303/2025/48
އިއުލާން
އުނގޫފާރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިމާރާތާއި ސަރަޙައްދު ފޮޅާ ސާފްކޮށްދޭނެ ފަރާތެއް ހޯދުން
އުނގޫފާރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ 25757 އަކަފޫޓްގެ ސަރަޙައްދު(ގޯތިތެރެ) ކުނިކަހާ ސާފްކުރުމާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހުންނަ އިމާރާތުގެ އެތެރޭގެ ހުރިހާތަނެއް ހިމެނޭގޮތަށް ކުނިކަހާ ފޮޅާސާފްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފޯމް 2025 ޖުލައި 09 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަކުރެއްވުން އެދެމެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމަށް 2025 ޖުލައި 15 ވަނަ ދުވަހުގެ 13:00 މި އިދާރާގެ ކޮންފަރެންސް އަށް ވަޑައިގެންދެއްވުން އެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. އަދި ރަޖިސްޓްރޭޝަން މަރުހަލާގައި ރަޖިސްޓްރީ ނުކުރާ ފަރާތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ. މިއިޢުލާނާއެކު މިމަސައްކަތައް ތައްޔާރުކޮށްފައިވާ މައުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
ރަޖިސްޓްރޭޝަން ފޯމް: https://forms.gle/RAeY2TueUct1acAn6