ދިވެހިރާއްޖެ
ގދ. ހޯނޑެއްދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 100 ބަންޑާރަގޯއްޗަށް އެދިފޯމްހުށައަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް މިއިޢުލާނާއެކު އާންމުކުރަމެވެ. އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ފަރާތެއްވާނަމަ 10 ޖުލައި 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޝަކުވާހުށަހަޅާފޯމު ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމުއްދަތުގައި ޝަކުވާފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ 08:00 ން 13:00 އަށް މިއިދާރާގެ ކައުންޓަރުން އަދި އީމެއިލްގެ ޒަރިއްޔާއިންނެވެ.
ވަގުތީ ލިސްޓުގައި ޕޮއިންޓް ލިބިފައިވާ މިންވަރުން ގޯތި ލިބޭކަމުގައި ވިޔަސް، އެހެން ރަށަކުން އަނބިމީހާ/ފިރިމީހާ އަދި މައިންބަފައިންނަށް ގޯއްޗެއް ލިބިފައިވުމުގެ ސަބަބުން ޕޮއިންޓް އުނިވެ ގޯތި ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. (މިމަޢުލޫމަތު ސަރުކާރުގެ ކަމާއި ގުޅޭ އިދާރާތަކުން ކަށަވަރު ކުރެވޭނެ) މިސަބަބުތަކާހުރެ ގޯތި ނުލިބޭ ފަރާތްތައް، ގޯތި ލިބޭވަރަށް ޕޮއިންޓް ލިބުނު މީހުންގެ ލިސްޓުން އުނިކުރެވޭނެއެވެ. އޭގެ ސަބަބުން، ކުރިން ގޯތި ލިބޭވަރަށް ޕޮއިންޓް ނުލިބުނު މީހުންގެ ތެރެއިން ބަޔަކަށް ގޯތި ލިބުމުގެ ފުރުސަތު އޮންނާނެއެވެ. މިދެންނެވު މަޢުލޫމާތު ލިބިފައިނުވާ 06 އަތޮޅު ކައުންސިލުން މަޢުލޫމާތު ލިބުމުން އަންނަ ބަދަލާއިއެކު އެއްވެސް ބަދަލެއް އަންނަ ނަމަ އެބަދަލެއް ވަކިން އެފަރާތްތަކަށް ރަސްމީކޮށް ހިއްސާކުރާނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.