މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެސިސްޓެންޓް ކަސްޓަމަރ ސަރވިސް އޮފިސަރ

މަޤާމް :އެސިސްޓެންޓް ކަސްޓަމަރ ސަރވިސް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

އެސިސްޓެންޓް ކަސްޓަމަރ ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-404857

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރ.މާކުރަތު ޞިއްޙީ މަރުކަޒު

މުސާރަ:

4465.00  ރުފިޔާ

ސަރވިސް އެލަވަންސް:

1500.00  ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަރޕޯޓިންގ ކޯ އެލަވަންސް ގޮތުގައި ކޮންމެ މަހަކު 700 ރުފިޔާ
  2. ރިސްކް އެލަވަންސް: ހަމަޖެހިފައިވާ އުސޫލުން (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)
  3. ސިވިލް ސަރވިސް މުވައްޒަފުންނަން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ސިވިލް ސަރވިސް މުވައްޒަފުންނަން ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާ.
  5. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫންގެދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން.
  6. ސްޕެޝަލް ޑިއުޓީ އެލަވަންސް (ބޭސިކް މުސާރައިގެ %35)

ަމަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. 1. ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުން ރެޖިސްޓްރީ ކުރުމާއި މެމޯ ލިޔުމާއި މެމޯ ދޫކުރުން އަދި ބަލިމީހުންނަށް އެހީތެރިވެ ބަލިމީހުންނަށް ޚިދުމަތުގައި މަގުދައްކައިދިނުމާއި، ބަލިމީހުންގެ ސިއްރު ހިފެހެއްޓުން.

    2. ބަލިމީހާ ޑޮކްޓަރަށް ހުށައަޅާ މައްސަލަތައް ޑޮކްޓަރަށް އޮޅުން ފިލުވައިދިނުމާއި، ޑޮކްޓަރ ބަލިމީހާއަށް އަންގާދިނުމަށް ވިދާޅުވާ ވާހަކަތައް ބަލިމީހާއަށް އަންގާދިނުން.

    3. އާސަންދަ، އެލައިޑް އިންސުއަރެންސް އަދި އަމާނާ ތަކާފުލް އިންސްއަރެންސް ޚިދުމަތް ދިނުމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. (ސްކީމްތަކުގެގެ ޓްރާންސްސެކްޝަން ގަވާއިދުން ހެދުމާއި، ސްކީމްތަކުގެ ބިލްތަކާއި އިންވޮއިސްތައް ގަވާއިދުން ހަދަމުން ގެންދިއުން.) 

    4. އެކިއެކި ބޭނުން ތަކަށް ސިއްހީމަރުކަޒަށް ޒިޔާރަތް ކުރާމީހުންނާއި ރިވެތިބަހުން ހިތްހެޔޮކަމާއިއެކު ވާހަކަ ދައްކާ ބޭނުންވާ ޚިދުމަތެއް ފަހިކޮށް ދިނުމަށް މަސައްކަތް ކުރުން.

    5. ޞިއްހީމަރުކަޒަށް އަންނަ ބަލިމީހުންގެ އައި.ސީ.ޑީ ކޯޑް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ނިންމުވުން.

    6. ޞިއްހީމަރުކަޒަށް ނޯޓިސް ބޯޑުގައި ބަހައްޓަންޖެހޭ ލިއުންތައް ބެހެއްޓުމާއި، މުއްދަތު ހަމަވުމުން ނެގުމާއި، އަދި އާ ކުރަންޖެހޭ ލިޔުންތައް އާކޮށް ބެލެހެއްޓުން.

    7. ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދެވޭ ޚިދުމަތުން އެއްވެސް ފައިސާއެއް ނަގަން ޖޭހޭނަމަ ފައިސާ ނަގާ ރަސީދު ލިޔުމާއި ހަވާލުކުރުން.

    8. ބަލިމީހާއަށް ޑޮކްޓަރ ލިޔެދެއްވާ ބޭސްސިޓީ ލިއުމުގައާއި އަދި މިފަދަ އެހެނިހެންކަންކަމުގައި ޑޮކްޓަރަށް އެހީތެރިވުމާއި ކޮންސަލްޓޭޝަންރޫމަށް ބޭނުންވާ އެންމެހާތަކެތި ހަމަކުރުމާއި، ކޮންސަލްޓޭޝަންރޫމް ސާފުކުރުވުމާއި، ކޮންމެދުވަހެއްގެ އޯ ޕީ ޑީ ފެށުމުގެ ކުރިން ކޮންސަލްޓޭޝަންރޫމް ތައްޔާރުކޮށް ތަކެތި ހަމަކުރުން.

    9. ޑޮކްޓަރުން ބަލިމީހުންނަށް ދޫކުރައްވާ މެޑިކަލް ސެޓްފިކެޓް، ސަލާމުގެ ސެޓްފިކެޓްފަދަ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލުކުރުމާއި، އޭގެ ކޮޕީތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.

    10. އޯ.ޕީ.ޑީގައި ބޭނުންކުރާ ފޮތްތައް ގަވާއިދުން ބެލެހެއްޓުމާއި އެކިއެކި ކްލިނިކް ތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ގަވާއިދުން ތައްޔާރުކުރުން.

    11. ރިފަރކުރާ ބަލިމީހުންގެ ކަންތައްތަކުގައި ފުރިހަމަކުރަންޖެހޭ ލިއުންތައް ފުރިހަމަ ކުރުމުގައި ޑަކުޓަރަށް އެހީތެރިވުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ދަތުރުތައް ހަމަޖެއްސުމާއި / ޕޭޝަންޓް ގެ އެހީތެރިންނަށާއި ހޮސްޕިޓަލްގެ ވެރިންނަށް މަޢުލޫމާތު ދިނުން.

    12. އޮންކޯލް ޑިއުޓީތަކަށް ހާޟިރުވެ ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

    13. ޙިދުމަތް ދިނުމަށް ބަޖެޓުން ހޯދޭ ތަކެތީގެ ސްޓޮކް ބެލެހެއްޓުން.

    14. ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާއިދާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބެލެހެއްޓުން.

    15. ބިލް އެންޓްރީ ބެލެހެއްޓުމާއި މާލިއްޔާތު ގަވާއިދުގައިވާ ގޮތުގެ މަތިން މަރުކަޒަށް ބޭނުންވާ ތަކެތި ހޯދުން.

    16. ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ މުސާރައިގެ އެންމެހައި މަސައްކަތްތައް ކުރުން.

    17. ކޮންމެ މަހެއްގެ ޚަރަދު ރިޕޯޓް ތައްޔާރުކޮށް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުމާއި އާމްދަނީ ފައިސާގެ ރިޕޯޓް ތައްޔާރު ކުރުމާއި ހޮސްޕިޓަލް އެކައުންޓަށް ޖަމާކުރުން.

    18. އަހަރުން އަހަރަށް ތައްޔާރު ކުރަންޖެހޭ ބަޖެޓް ތައްޔާރުކޮށް ކަމާއި ބެހޭ ފަރާތްތަކަށް ފޮނުވުން.

    19. މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުމާއި ރިޕޯޓްތައް މަހުންމަހަށް ތައްޔާރުކޮށް ބެލެހެއްޓުން.

    20. މަރުކަޒުގެ އިންވެންޓްރީ ލިޔެ ބެލެހެއްޓުމާއި މަރުކަޒުން ނީލަންކިޔަން ޖެހޭ ތަކެތި ނީލާން ކިޔުމުގެ އެއްމެހާ މަސައްކަތްތައް ކުރުން.

    21. މަރުކަޒުގައި ބޭއްވޭ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަދި ދުވަހުންދުވަހަށް ލިޔަންޖެހޭ ޔައުމިއްޔާތައް ލިޔެ ބެލެހެއްޓުން.

    22. ވަގުތީ ގޮތުން މަރުކަޒަށް ޒިޔާރަތް ކުރާ ނަރުހުންނާއި ޑޮކްޓަރުންގެ އެކަމަޑޭޝަން އަދި ކަމާއި ގުޅުންހުރި އެއްމެހާ މަސައްކަތްތައް ކުރުން.

    23. މަރުކަޒުގައި ކުރިއަށްގެންދެވޭ އައުޓްރިޗް ޕްރޮގްރާމްގެ އެއްމެހާ މަސައްކަތްތައް ކުރުން.

    24. ނެޝަނަލް މެޑިކަލް އިމަރޖެންސީ ޙާލަތްތަކާއި ދިމާވާ ޞިއްޙީ އެމެޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން

    25. މަރުކަޒުގެ ހުރިހާ މުވައްޒަފުން ޝާމިލްވެގެން ކުރަންޖެހޭ ކަންތައްތަކާއި އަދި ދިމާވާ މުހިންމު ކަންތައްތަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ މަސައްކަތް ކުރުން.

    26. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

    27. މަރުކަޒުގެ އާންމު އުސޫލުތަކާއި ޤަވާއިދުތަކަށް ޢާންމުން އިޚްތިރާމުކުރުމަށް ބާރުއަޅައި އެކަން އެގޮތުގައި ދެމެހެއްޓުމަށް ބާރުއެޅުން.

    28. ފާހަގަ ކުރެވޭ ޙާއްޞަ ދުވަސްތަކާއި ޙަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.

     

މަޤާމުގެ ޝަރުޠުތައް:

ސާނަވީ ނުވަތަ އެއާ ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  

 ނުވަތަ

.ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާޞިލްކޮށްފައިވުން 

ތައުލީމީ ރޮގުތައް:

ނެތް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

ނެތް

ގުޅޭވަޒީފާގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން

މެނޭޖްމެންޓް

ކަސްޓަމަރ ސަރވިސް 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ޞިއްޙީ މަރުކަޒުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް )އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް(

25

އިންޓަރވިއު

35

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޖުލައި 2025 ވާ ދުވަހުގެ 14:00 ގެ ކުރިން، ރ. މާކުރަތު ޞިއްޙީ މަރުކަޒުގެއޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް   [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި މިއިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. 

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އޮންނާނީ 13 ޖުލައި 2025  އާއި 31 ޖުލައި 2025  އާއި ދެމެދު ރ. މާކުރަތު ޞިއްޙީ މަރުކަޒުގެ އޮފީހުގައެވެ. 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6581508) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ

 

 
02 ޖުލައި 2025
ހޯދާ