ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާމަސީލުލާމު ކާބޯތަކެތީގެ މައުރަޒު ބޭއްވުން

މި އަހަރުގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 2025 އޮކްޓޫބަރު 16ވަނަ ދުވަހު ލާމަސީލުލާމު ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ކައުންސިލާއި ގުޅިގެން ކާބޯތަކެތީގެ މައުރަޒު އިންތިޒާމުކޮށް ބޭއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ، މި އަތޮޅުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ސްކޫލް މަދަރުސާތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ މި ދެންނެވި ފަރާތްތަކުން 2025 ޖުލައި 20ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ޕްރަޕޯސަލް ތައްޔާރުކޮށް ހުށަހެޅުއްވުން އެދެމެވެ. ކާބޯތަކެތީގެ މައުރަޒު ހޯސްޓުކުރުމަށް އެދި ހުށަހަޅާ ފޯމު މި އިޢުލާނާއެކު ހުށަހެޅީމެވެ.

01 ޖުލައި 2025
ހޯދާ