ދިވެހިރާއްޖެ
ކިނޮޅަހު ސިއްހީމަރުކަޒު `
ރ.ކިނޮޅަސް/ ދިވެހިރާއްޖެ
E17/KHC/IUL/2025/09:ނަންބަރު
ޢިއުލާން
ރ. ކިނޮޅަހު ސިއްޙީމަރުކަޒުގެ ލެބޯޓްރީގެ ޚިދުމަތްދިނުމަށް ތަނެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން
މިމަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމަށްޓަކައި ތަނެއް 1 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވެއެވެ. ވީމާ، މިފަދަ ތަނެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރީ-ބިޑް މީޓިން) އަށް ހާޒިރުވެދެއްވުން އެދެމެވެ. ޕްރީ-ބިޑް މީޓިން އޮންނާނީ 09 ޖުލައި 2025 ވާ ބުދަދުވަހު 11:00 ގައި ރ. ކިނޮޅަހު ސިއްޙީމަރުކަޒުގެ އޮފީހުގައެވެ.
ބީލަން ފޯމް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 13 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 11:00 އެވެ. މި ތާރީޚުގެ ފަހުން ހުށަހެޅޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ބީލަން ހުޅުވުން ވެސް އޮންނާނީ 13 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިމަރުކަޒުގެ އޮފީހުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްތަކައި ދަންނަވަމެވެ.
ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރި ވެވޭނީ ބިޑް ހުޅަހަޅުއްވާ ފަރާތްތައް އެކަނި ކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމަތު ސާފުކުރެއްވުމަށް މި މަރުކަޒުގެ ނަންބަރު 6580401 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
1 ޖުލައި 2025
6 މުޙައްރަމް 1447