މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލް އިދާރާގެ ވެހިކަލް ގަރާޖު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
- މި އިދާރާއިން ތަކެތި ދިނުމުން، މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް، މި އިދާރާގެ ވެހިކަލް ގަރާޖު ހެދުމުގެ މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިހާރުން ފެށިގެން 2025 ޖުލައި 10 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި މިއިދާރާއަށް ފޯމް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ މިއިދާރާގެ އީމެއިލް އެޑްރެހަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
- މި ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު މި އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ. އަދި ރަސްމީ ގަޑީގައި މިއިދާރާއިން ލިބިލައްވާނެއެވެ.
- މި ޕްރޮޖެކްޓާ ގުޅޭ ބީލަންފޮތް 2025 ޖުލައި 13 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މިއިދާރާއިން ގަންނަން ލިބިލައްވާނެއެވެ. ބީލަންފޮތް ވިއްކޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. ބީލަން ފޮތުގެ އަގަކީ -/100 ރ. (ސަތޭކަ ރުފިޔާ) އެވެ.
- މި ޕްރޮޖެކްޓާ ބެހޭގޮތުން ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ 2025 ޖުލައި 15 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
- މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ، 2025 ޖުލައި 20 ވަނަ ދުވަހުގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޖުލައި 24 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
- މި ޕްރޮޖެކްޓާބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ނަރުދޫ
ދިވެހިރާއްޖެ
ފޯން: 6540049
އީމެއިލް: [email protected]
01 ޖުލައި 2025
ހޯދާ