ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ލ. ގަމުން މަހާއި، ހުއިފިލަނޑާ ކައްކާ ހިއްކުމަށް B2, B1 ނަންބަރު" ބިންތަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު އިޢުލާނު (IUL)399-CA/399/2025/76)) ބާތިލް ކުރުން

ލ. ގަމުން މަސްކައްކާ ހިއްކުމަށާއި، ހުއިފިލަނޑާ ކައްކާ ހިއްކުމަށާއި މިފަދަ މަސައްކަތްތަކަށް B1 B2, ނަންބަރު" ބިންތަށް ކުއްޔަށް ނަގާނެ ފަރާތެއް ހޯދުމަށް 19 ޖޫން 2025 ވަނަ ދުވަހުގައި ކުރެވުނު އިޢުލާނު ( (IUL)399-CA/399/2025/76) ބާތިލް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މި އިޢުލާނު ބާތިލް ކުރަން ޖެހުނު ސަބަބަކީ 05 ފެބްރުއަރީ 2025 ގައި މި ބިންތައް ކުއްޔައް ދިނުމަށް ކުރެވުނު އިޢުލާނާއި (އިޢުލާނު ނަންބަރ: (IUL)399-CA/399/2025/82 މެދު ވަކި ގޮތެއް ނިންމިކަން ނާންގާ އަލުން މި ބިންތަކަށް އިޢުލާނުކުރެވިފައިވާތީއެވެ. އަދި 19  ޖޫން 2025 ގައި ކުރެވުނު އިޢުލާނާއި ގުޅިގެން ބީލަމުގައި ރަޖިސްޓަރވުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެފައިސާ އަނބުރާ ރައްދުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

01 ޖުލައި 2025
ހޯދާ