ދިވެހިރާއްޖެ
މި ކައުންސިލުގެ ފަރާތުން ކޮންމެ އަހަރަކުވެސް 2 ފަރާތެއް ޢުމުރާއަށް ފޮނުވުމަށްވަނީ ހަމަޖެހިފައެވެ.
މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2025 ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ކައުންސިލް އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދެވޭނެ ޚިދުމަތްތަކުގެ ތަފްޞީލް ހުށަހަޅަންވާނެއެވެ. އަދި އަގުގެ ތެރޭގައި ދެވޭ ޚިދުމަތާއި އަގުގެ ބޭރުން ދެވޭ ޚިދުމަތް ވަކީން އެނގޭގޮތަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ފޯމު އިންނެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ 18/2014 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
ވީމާ ހުށަހަޅާ އަންދާސީ ހިސާބުތައް އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރ: 7946811 ފޯނަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.