މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ކޮންޓެންޓް ޑިވެލޮޕަރ

މަޤާމް :ކޮންޓެންޓް ޑިވެލޮޕަރ
ބޭނުންވާ އަދަދު :3

އިޢުލާން

މިވުޒާރާއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކުގެ މަސައްކަތްތައް ވިލަރެސްކުރެވެމުންދާގޮތް ފުރިހަމަކަމާއިއެކު އާންމުންނަށް ފޯރުކޮށްދިނުމަށް އަންނަނިވި ދާއިރާގެ ފަންނީ ޤާބިލް ތަޖުރިބާކާރުން 02 އަހަރު ދުވަހުގެ މުއްދަތަށް ބޭނުންވެއެވެ. މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރު) މި ޢިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މަޤާމު

އަދަދު

ކޮންޓެންޓް ޑިވެލޮޕަރ

03

 

          ވީމާ، މި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 7 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ (އަމީނީމަގު، މާލެ) އަށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.   

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ހިއުމަން ރިސޯސް ސެކްޝަން /  އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ

ދަރުބާރުގެ، އަމީނީ މަގު، މާލެ، 20344، ދިވެހިރާއްޖެ

ފޯން:  4004900

އީ-މެއިލް: [email protected]

30 ޖޫން 2025
ހޯދާ