މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކަށް ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

އެސިސްޓަންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ހިއުމަން ރިސޯސް ޑިވޮލޮޕްމަންޓް ސެކްޝަން / ހިއުމަން ރިސޯސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ހިއުމަން ރިސޯސަސް ނުވަތަ މެނޭޖްމަންޓް/އޯގަނައިޒޭޝަނަލް ސައިކޮލޮޖީ ނުވަތަ ބިޒްނަސްއާ ގުޅުންހުރި ދައިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި ހިއުމަން ރިސޯސަސް، އޯގަނައިޒޭޝަން ޑިވޮލޮޕްމަންޓް އެންޑް ޑިޒައިންގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ހިއުމަން ރިސޯސް ޑިވެލޮޕްމަންޓާ ގުޅޭ ޕޮލިސީތައް ތައްޔާރުކުރުމާއި ޓްރެއިނިންގ އަދި ޕަރފޯމަންސް ނީޑްސް އެނެލިސިސް ހެދުމާއި އެމްޕްލޯޔީ ސެޓިސްފެކްޝަން އަދި އެންގޭޖްމަންޓް ކުރިއެރުވުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  • މުވައްޒަފުންގެ ހުނަރުތައް ތަރައްޤީކުރުމުގެ މަސައްކަތާއި ދިގުމުއްދަތުގެ ޓްރޭނިންގ ތަކާ ގުޅުން ހުރި މަސައްކަތްކުރުން.

މުސާރަޔާއި އިނާޔަތްތައް

19,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ހިއުމަން ރިސޯސް ސާރވިސަސް ސެކްޝަން / ހިއުމަން ރިސޯސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ހުނަރު:

  • ހިއުމަން ރިސޯސަސް ނުވަތަ މެނޭޖްމަންޓް/އޯގަނައިޒޭޝަނަލް ސައިކޮލޮޖީ ނުވަތަ ބިޒްނަސް  އިންފޮމޭޝަން ސިސްޓަމް ނުވަތަ ބިޒްނަސްއާ ގުޅުންހުރި ދައިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި ހިއުމަން ރިސޯސަސް، ޑޭޓާ އެނަލިސިސް، އޯގަނައިޒޭޝަން ޑިވޮލޮޕްމަންޓް އެންޑް ޑިޒައިން އަދި އެޗް.އާރު އިންފޮރމޭޝަން ސިސްޓަމްސްގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ވަޒީފާއާ ބެހޭ ޤާނޫނާއި ވަޒީފާ ދޭ ފަރާތްތަކުން ޢަމަލު ކުރަންޖެހޭ ގާނޫނުތަކާއި އޮތޯރިޓީގެ ޕޮލިސީތަކާ އެއްގޮތްވާ ގޮތުގެ މަތިން މުވައްޒަފުން ޢަމަލު ކުރަންޖެހޭ އުޞޫލްތައް ތައްޔާރުކޮށް ތަންފީޒު ކުރުމުގައި އެހީތެރިވެދިނުން.
  • މުވައްޒަފުންގެ ވަޒީފާއާއި މުސާރައާއި އިނާޔަތްތަކާ ގުޅޭ އެންމެހާ މަސައްކަތްތަކާއި މުވައްޒަފުންގެ ރިކޯރޑް ބެލެހެއްޓުމުގެ މަސައްކަތްކުރުން.
  • ޕްރޮސެސް އޮޓޮމޭޝަން އަދި ޑިވޮލޮޕްމަންޓާއި ގުޅޭ މަސައްކަތަކާއި އަދި މުވައްޒަފުންނާ ގުޅޭ ކަންކަމުގެ ޑޭޓާ އެނެލިޓިކްސްގެ މަސައްކަތްކުރުން.

މުސާރަޔާއި އިނާޔަތްތައް

19,000.00 – 20,800.00 ރުފިޔާ

މަޤާމް:

ރިސަރޗް އެނަލިސްޓް

ސެކްޝަން/ޑިވިޜަން:

އިކޮނޮމިކް ސަރވެއިލަންސް ސެކްޝަން/މަނިޓަރީ ޕޮލިސީ އެންޑް އިކޮނޮމިކްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އިކޮނޮމިކްސް ނުވަތަ އިކޮނޮމެޓްރިކްސް ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ފުރަތަމަ ޑީގްރީ ހާސިލް ކޮށްފައިވުމާއެކު ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން، ނުވަތަ އިކޮނޮމިކްސް ނުވަތަ އިކޮނޮމެޓްރިކްސް ނުވަތަ ފައިނޭންސްގެ ދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
  • ތިރީގައި ބަޔާންކޮށްފައިވާ ހުނަރާ ތަޖްރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-       ކުއަންޓިޓޭޓިވް އަދި އެނެލެޓިކަލް ސްކިލްސް

-       މައިކްރޯސޮފްޓް އެކްސެލް އަދި ވަރޑް ބޭނުންކޮށްގެން އެނަލިސިސް ހަދަން އެނގުން.

-       އީވިއުސް، އަދި ސްޓޭޓާ ފަދަ ސްޓެޓިސްޓިކަލް ސޮފްޓްވެއަރ އަކަށް އަހުލުވެރިވެ އަދި އާރް ސޮފްޓްވެއަރ ޕޭކޭޖް ބޭނުންކުރުގެ ހުނަރާއި ތަޖްރިބާ ލިބިފައިވުން

  • ޑިގްރީ ފެންވަރުގައި ތީސީސް ފަދަ ރިސަރޗް ޕޭޕަރެއް ލިޔެ ހުށަހަޅާފައިވުން
  • މެކްރޯއިކޮނޮމިކްސްގެ ދާއިރާއިން ރިސަރޗް މަސައްކަތްކުރުމުގެ ޝައުޤުވެރިކަމާ ތަޖްރިބާ ހުރުން

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ދިވެހިރާއްޖެއާއި ބޭރު ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތައް ދިރާސާކޮށް، އެނަލިސިސް އަދި ރިޕޯޓް ލިޔެ ތައްޔާރު ކުރުން.
  • ޕޮލިސީ ނިންމުންތަކަށް ބޭނުންވާ އިކޮނޮމިކް ޕޮލިސީ ރިސަރޗް، ކަރުދާސް، އަދި ޕްރެޒެންޓޭޝަންސް ތައްޔާރުކުރުން.
  • ކުއަރޓަލީ ބިޒްނަސް ސަރވޭ އަދި މީގެ އިތުރުން ރިސަރޗް މަސައްކަތަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކުރާ އެހެނިހެން ސަރވޭ ކުރުން.
  • ބައިނަލްއަޤްވާމީ މާލީ ޖަމިއްޔާތަކަށް އަދި އެހެނިހެން ބޭރުގެ މާލީ އިދާރާތަކަށް ބޭނުންވާ ރާއްޖޭގެ އިޤްތިޞާދާއި ގުޅޭ އެކި ރިޕޯޓްތައް އަދި ކަރުދާސްތައް ތައްޔާރުކުރުން
  • އިންޓަނެޝަނަލް މަނިޓަރީ ފަންޑް، ވަރލްޑް ބޭންކް އަދި އެހެނިހެން ސެންޓަރް ބޭންކްތައް ފަދަ ބޭރުގެ މާލީ އިދާރާތަކާއި ގުޅޭ މަސައްކަތްތަކުގައި އެހީތެރިވެދުނިން.

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް އެނަލިސްޓް

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ބޭނުންވާ ޢަދަދު

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ބޭންކިން ނުވަތަ ފައިނޭންސް ނުވަތަ އެކައުންޓިންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުން.
  • ފައިނޭންޝަލް މަޢުލޫމާތު އެނަލައިޒްކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަން ދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބޭ ރިޕޯޓުތައް ކަލެކްޓްކޮށް އިވެލުއޭޓްކުރުމާއި އެނަލައިޒްކުރުން.

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • އެކްރެޑިޓްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި (ޓްރާންސްކްރިޕްޓްގެ ކޮޕީއާއެކު)
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުގެ ރަސްމީ ލިޔުންތައް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުން

ސުންގަޑި

05 ޖުލައި 2025 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް

 

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަޑު އަސާސެއްގެ ގޮތުގައި ބަލާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި އިނގިރޭސި ބަހުގެ ނަތީޖާއަށެވެ.

30 ޖޫން 2025
ހޯދާ