ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކައުންސިލް ސްޕޯޓްސް ފިއަސްޓާ 2025" ހިންގައި ދޭނެ ފަރާތެއް ހޯދުން

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިދާރާއިން އިންތިޒާމް ކުރާ "ކައުންސިލް ސްޕޯޓްސް ފިއަސްޓާ 2025" ގެ މުބާރާތްތައް ހިންގައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މައުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.

އޮންލައިންކޮށް ރަޖިސްޓަރވުމަށް:  https://forms.gle/bX3jcC6Ujx54P6hu9

 

ގަޑި

ތާރީޙް

ތަފްސީލް

13:00

03 ޖުލައި 2025 (ބުރާސްފަތި)

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި

އީމެއިލް:  [email protected]

13:00

06 ޖުލައި 2025 (އާދިއްތަ)

ރަޖިސްޓަރ ވުމުގެ ސުންގަޑި

10:00

07 ޖުލައި 2025 (ހޯމަ)

އަންދާސީ ހިސާބު ހުށަހެޅުން

ތަން: ހދ ފިނޭ ކައުންސިލް އިދާރާގެ މީޓިންގ ރޫމް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6528119 އަށެވެ.

 

 

 

 

 

 

މި ބީލަން ހުޅުވާލެވިފައި މިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވިފައިވާ ކުޅިވަރު ޖަމްޢިއްޔާ ޖަމާއަތްތަކުގެ ތެރެއިން ހދ.ފިނޭ އަށް ނިސްބަތްވާ ޖަމިއްޔާތަކަށް އަދި ބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ.

މި މަސައްކަތާއި ބެހޭ މައުލޫމާތު ކަރުދާހެއް މި ޢިއުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. އަދި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.        

30 ޖޫން 2025
ހޯދާ