ދިވެހިރާއްޖެ
މި މިނިސްޓްރީ ހިންގަމުން އަންނަ ވެލާނާގެ 7 ވަނަ ފަންގިފިލާގައި މިހާރު ބޭނުންކުރަމުންދާ އެއަރ ކޮންޑިޝަންތަކުގެ ބަދަލުގައި އައު އެއަރ ކޮންޑިޝަން އަމިލައްލަ ތަކެތީގައި ގަނެ ހަރުކޮންދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރ (IUL)30/30/2025/23 އިއުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުތަކުގެ މުއްދަތު ހަމަވެފައިވާތީ، މި މަސައްކަތަށް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެންދެއްވުން އެދެމެވެ.
| 
 
  | 
 ތާރީޚް އަދި ގަޑި  | 
 ތަން  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ވަޑައިނުގެންނެވޭ ފަރާތްތަކަށް 3322625 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެ  | 
 މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް (ވެލާނާގެ 2 ވަނަ ފަންގިފިލާ)  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 09 ޖުލައި 2025 ވާ ބުދަ ދުވަހުގެ 12:00 އަށް  | 
 މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް (ވެލާނާގެ 2 ވަނަ ފަންގިފިލާ)  | 
މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ހުކުރު ދުވަސް ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް އަތުވެއްޖެނަމަ، ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 ގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3322625، 3339251 އަދި 3339239 ނަންބަރު ފޯނަށެވެ.
