ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގައްދޫ ފުޓްސަލް ޗެލެންޖް 2025"

'ގައްދޫ ފުޓްސަލް ޗެލެންޖް 2025'  ކުރިއަށްދާނެ ގޮތާއި ބެހޭ:

 

ކައުންސިލްގެ 2025 ވަނައަހަރުގެ ކުޅިވަރު ކަލަންޑަރުގެ ދަށުން 'ގައްދޫ ފުޓްސަލް ޗެލެންޖް 2025' މިއަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހުގައި ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވުމަށް ޓީމްތައް ރަޖިސްޓްރީކުރުމަށް 2025 ސެޕްޓެމްބަރު މަހުގައި ހުޅުވާލެވޭނެއެވެ.

 

 

 

މިފަހަރުގެ މިމުބާރާތަކީވެސް، ދިވެހިރާއްޖޭގައި ބާއްވާ އެންމެ އަގު ބޮޑު ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ، އަތޮޅުތަރޭގައި ބޭއްވޭ އިންތިޒާމްތައް ފުރިހަމަ ފުޓްސަލް މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމާފައިވެއެވެ. މުބާރާތް ހުޅުވާލެވިފައިިވަނީ ދެކުނު އޭޝިއާއަށް ނިސްބަތްވާ ޤައުމުތަކުގެ ޓީމްތަކަށާއި ދިވެހިރާއްޖޭގެ ޓީމްތަކަށެވެ. މިއީ މިކައުންސިލުން ގައްދުއަށާއި މުޅި ހުވަދު އަތޮޅަށް ގެންނާނެ ފުޓްސަލް ކުޅިވަރުގެ ލާސާނީއަކަށް ވެގެންދާނެއެވެ.

 

 

 

ގައްދޫ ފުޓްސަލް ޗެލެންޖް 2025 މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކުރީގެ އަހަރުތަކާއި މުޅިންތަފާތުކޮށް ފިރިހެން ޑިވިޝަނަށް އެކަނި އަމާޒުކޮށެވެ.

 

 

 

ފިރިހެން ޑިވިޝަންގެ ފައިސާގެ އިނާމްތައް ބެހިފައިވާ ގޮތް؛

 

  1. މުބާރާތުގެ ޗެމްޕިއަންޓީމަށް ތިންލައްކަ ރުފިޔާ
  2. މުބާރާތުގެ ރަނަރަޕް ދޮޅުލައްކަ ރުފިޔާގެ ފައިސާ
  3. މުބާރާތުގެ ތިންވަނައަށް ހޮވޭ ޓީމަށް ހަތްދިހަ ފަސްހާސް ރުފިޔާ
  4. މުބާރާތުގެ ފެއަރޕްލޭ ޓީމަށް ތިރީސްހާސް ރުފިޔާ
  5. ކިންގް: ވިހިހާސްރުފިޔާ
  6. ޓޮޕް ސްކޯރާ: ފަސްހާސްރުފިޔާ
  7. ޕްރޮމިސިންގް ޕްލޭޔަރ: ފަސްހާސްރުފިޔާ

 

30 ޖޫން 2025
ހޯދާ