ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ޒުވާން ޚަތީބުންގެ ޕްރޮގްރާމް ހިންގުމާ ގުޅޭ
                                މިކައުންސިލުން އިސްނަގައިގެން ޒުވާން ޚަތީބުންނާއި އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޒުވާން ޚަތީބުންގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ (އުމުރުން 13-35) ފަރާތްތަކަށް ވަނީ މިފުރުޞަތު ހުޅުވާލެވިފައެވެ.
ވީމާ، ޒުވާން ޚަތީބުންގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 01 ޖުލައި 2025 އިން 10 ޖުލައި 2025 ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިޔުންތައް މިއިދާރާއަށް ހުށަހަޅައި މިޕްރޮގްރާމްގައި ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ. އީމެއިލް ކުރައްވާނަމަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- އައިޑީކާޑްގެ ސާފު ކޮޕީ
- ޒުވާން ޚަތީބުންގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ
- ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ( އުމުރުން 18 އަހަރުން ދަށުގެ ފަރާތްތަކަށް)
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
             29 ޖޫން 2025
            
        
                    ހޯދާ  
                
                 
                    