ދިވެހިރާއްޖެ
ޢިބްތިދާއީ ޞިއްޙަތު އަލުން ދިރުވުން ހަރުދަނާ ކުރުމުގެ ޕްރޮގުރާމް (ޕްރައިމަރީ ހެލްތްކެއަރ ރިވައިޓަލައިޒޭޝަން ޕްރޮގްރާމް) އަކީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް މަދުކޮށް އެ ބަލިތައް އަވަހަށް ދެނެގަނެގެން، ފަރުވާ ދިނުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމް ނ. އަތޮޅުގެ ހުރިހާ ރަށެއްގައި ފައްޓައި މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ. އެގޮތުން މި ރަށުގައިވެސް މި މަސައްކަތް ފައްޓައި މަޢުލޫމާތު އެއްކުރުމައްޓަކައި މި މަރުކަޒުގެ މުވައްޒަފުން ރަށުގެ ހުރިހާ މުއައްސަސާތަކަށާއި ހުރިހާ ގޭބީސީތަކަށް ގޮސްގެންނާއި މަރުކަޒަށް ޒިޔާރަތްކުރައްވާ ބޭފުޅުންގެ ފަރާތުންނާއި ފޯނުން ގުޅައިގެން މައުލުމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
މި ޕްރޮގްރާމް ކުރިއަށް ދާނީ 1 ޖޫން 2025 އިން ފެށިގެން 3 މަސްދުވަހުގެ ނިޔަލަށެވެ. އެގޮތުން މި ޕްރޮގުރާމަށް ބޭނުންވާ، ރަށުގައި ދިރިއުޅޭ 18 އަހަރުން މަތީގެ ހުރިހާ ދިވެހިންގެ މަޢުލޫމާތު އެއްކުރެވިގެންދާނެއެވެ. އަދި މީގެ އިތުރުން 35 އަހަރުން މަތީގެ ހުރިހާ ދިވެހިންގެ ލޭގައި ހަކުރު ހުރިމިންވަރާއި ކޮލެސްޓްރޯލް ހުރިމިންވަރު ހިލޭ ބަލައިދީ އެމައުލޫމާތު ރައްކާކުރެވޭނެއެވެ.
މި ޕްރޮގުރާމްއާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ސީއްޙީމަރުކަޒުގެ ނަމްބަރު (6560609) އާއި ގުޅުއްވުން އެދެމެވެ.
މިފުރުޞަތުގައި މިފަދަ ކަންތައްތަކުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލެއްވުމަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަމެވެ.