ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އަތޮޅު ކައުންސިލްގެ ދިދަ ޕޯސްޓް ހަދައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ

  1. ހއ. އަތޮޅު ކައުންސިލްގެ ދިދަ ޕޯސްޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ވީމާ، ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަމުގައި ރަޖިސްޓްރީވުން:

https://forms.office.com/r/AJb975ESbF?origin=lprLink

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް، 06 ޖުލައި 2025 ވާ އާދިއްތަ ދުވަހުގެ 23:59 ގެ ކުރިންނެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުން

  • ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ  07 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ހއ.އަތޮޅު ކައުންސިލްގެ އިދާރާގައެވެ. މިބައްދަލު ވުމުގައި ބައިވެރިވެނުލެއްވި ކަމުގައި ވީނަމަވެސް، ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްކަށް ބީލަން ހުށަހެޅޭނެއެވެ.

މަޢުލޫމާތު ދިނުން

  • ބީލަމާ ގުޅިގެން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ހއ. އަތޮޅު ކައުންސިލްގެ ވެބްސައިޓްގައި www.halifatoll.gov.mv   ޝާއިރު ކުރެވިފައިވާނެއެވެ.
  • މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  • ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އީމެއިލް އެޑްރެސް: [email protected]  

ފޯން ނަންބަރު:    6500343

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 2025 ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ކައުންސިލް އިދާރާގައެވެ.
  • ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. 
  • ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
29 ޖޫން 2025
ހޯދާ