ދިވެހިރާއްޖެ
އިޢުލާން
ހއ.ކެލާ ދަނޑުބިމުގެ ސަރަހައްދުން އަލަދަނޑު ހެއްދުމަށް ހިލޭ ދޫކުރާ 200 އަކަފޫޓަށް އެދި ފޯމު ލައިފައިވާ ފަރާތްތަކުގެ އިސްލާހުކުރެވިފައިވާ ލިސްޓު އާންމުކުރުމާއި ގުރުއަތުލުމާއިގުޅޭ.
މި އިދާރާއިން 08 ޑިސެންބަރު 2024 ގައި ކޮށްފައިވާ (IUL)249-M/249/2024/99 އިޢުލާނާއި 16 ޖެނުއަރީ 2025 ގައި ކޮށްފައިވާ (IUL)249-B/249/2025/8 އިޢުލާނާއި ގުޅިގެން ފޯމު ލައިފައިވާ ފަރާތްތަކުގެ ތެރެއިން ހއ.ކެލާ ދަނޑުބިމުގެ ސަރަހައްދުން އަލަދަނޑު ހެއްދުމަށް ހިލޭ ދޫކުރާ 200 އަކަފޫޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓު އަލުން އިސްލާހު ކުރެވިފައިވާކަމުގައި ދަންނަވަމެވެ.
އަދި އަލަދަނޑަށް ދޫކުރެވޭ ބިންތަކަށް ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ބާއްވާ ގުރުއަތުލުން 01 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 13:00 ގައި ލިލީ ޕްރީ ސްކޫލުގައި ކުރިއަށްދާނެއެވެ.
ވީމާ، މިކަން އާންމުކޮން އެންގުމުގެ ގޮތުން އަންގާ އިޢުލާން ކުރީމެވެ.