މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަދިގެ ޑަސްބިން އެޅުމާއި ބެހޭ

މިރަށުގައި މިހާރުއޮތް ކުނިމެނޭޖުކުރުމުގެ ސިޔާސަތު ވަރުގަދަކޮށް ހަރުދަނާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ބަދިގެ ޑަސްބިން ކުރިން އަޅަމުންއައި އުސޫލު ބަދަލުކޮށް، 30 ޖޫން 2025 ވާ ހޯމަ ދުވަހުން ފެށިގެން ކުނިކޮށީގައި ޙާއްސަކުރެވިފައިވާ ޑަސްބިނަށް ބަދިގެ ޑަސްބިން އަޅާގޮތަށް ބަދަލުކުރެވިފައިވާ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ކުނިކޮށީގައި ޙާއްސަކުރެވިފައިވާ ޑަސްބިނަށް ބަދިގެ ޑަސްބިން އަޅާނީ ތިރީގައިވާ ވަގުތުތަކުގައެވެ

  • ·         ކޮންމެ ދުވަހެއްގެ ހެނދުނު 7:00 ން 10:00 އަށް އަދި ހަވީރު 16:00 ން 18:00 އަށް.

ވީމާ، 30 ޖޫން 2025 ވާ ހޯމަ ދުވަހުން ފެށިގެން ބަދިގެ ޑަސްބިން އެޅުމަށް ހަމަޖެހިފައިވާ ޑަސްބިން ފިޔަވާ، ރަށުގެ އިތުރު ސަރަޙައްދުތަކަށް ބަދިގެ ޑަސްބިން އެޅުމަކީ މަނާ ކަމެއްކަމުގައި ދެންނެވީމެވެ. އަދި ގަވާޢިދާ ޚިލާފަށް ކުނިއަޅާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެވާހަކަ ދެންނެވީމެވެ.

29 ޖޫން 2025
ހޯދާ