ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު (IUL)262/262/2025/68 :
އަންދާސީ ހިސާބު ބޭނުންވެއްޖެ
ހދ.ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓް ހިމެނޭ ސަރަހައްދުގެ މަގުތަކާއި ގޯތިތެރެސާފުކޮށް، 100 ހައުސިންގ ޔުނިޓްގެ ކަރަންޓް ހައުސް ކަނެކްޝަން ހެދުމާއި 60 ހައުސިންގ ޔުނިޓް ހިމެނޭ ސަރަހައްދުގައި މަގުބައްތި ޖެހުމުގެ މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރެޖިސްޓްރީ ކުރުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމާ، ރަޖިސްޓްރީކުރުމުގެ ސުންގަޑި: 13 ޖުލައި 2025 (އާދީއްތަ) ގެ 14:00އަށް
ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.office.com/r/y2saHzfeK8
ޕްރީ ބިޑް މީޓިން ތާރީޚް: : 13 ޖުލައި 2025 (އާދީއްތަ) ގެ 11:00އަށް ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމްގައި
އަންދާސީ ހިސާބު ހުށަހެޅުން: 15 ޖުލައި 2025 (އަންގާރަ) 10:00 އަށް
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ 13 ޖުލައި 2025 (އާދީއްތަ) ގެ 14:00ގެ ކުރިން ތިރީގައިވާ އީމެއިލް އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފްކުރެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.